ގަލޮޅު ދަނޑަށްވަދެ ޔޯގާގެ ޙަރަކާތް ހުއްޓުމަށް މަސައްކަތްކުރަނީ

ހަބަރު

ޔޯގާ ހަދަންތިއްބާ ބަޔަކު ދަނޑަށްވަދެ ހުއްޓުވައިފި

އަލީ އަޒްޔަން - ކ. މާލެ | 21 ޖޫން 2022 , އަންގާރަ 08:25   324

ގަލޮޅު ދަނޑުގައި އޮތް ޔޯގާގެ ޙަރަކާތް ހުއްޓުވުވަން މަސައްކަތްކޮށްފިއެވެ.

ވޯލްޑް ޔޯގާޑޭއި ފާހަގަކުރަން މިއަދު ހެދުނު ބޭއްވި މިޙަރަކާތް ފެށިފައިވަނީ މިއަދު ހެނދުނު 6.30 ގައެވެ. އިންތިޒާމްކޮށްފައިވަނީ ޔޫތްމިނިސްޓްރީ އާއި، އިންޑިއަން ކަލްޗަރަލް އެސޯސިއޭޝަން އާއި ދިވެހި ބައެއް ޖަމްއިއްޔާތައް ގުޅިގެންނެވެ.

މިހަރަކާތް އެންމެ ފުރަތަމަ ބާއްވަން ޔޫތް މިނިސްޓްރީން އެދުނީ ރަސްފަންނުގައެވެ. ނަމަވެސް ދަނޑުގައި ބާއްވަން ނިންމީ، ސިޓީ ކައުންސިލުން ރަސްފަންނު ނުދިނުމުންނެވެ.

ހުއްޓުވަން ވަން މީހުން ވަދެފައިވަނީ ބޭރުގެ ފެންސް ހަލާކުކޮށްގެންނެވެ. ވަންއިރު ޝަހާދަތް ލިޔެފައިވާ ދިދަ ދަނޑިތަކަކާއި އެކު ﷲއަކުބަރު ގޮވަމުންނެވެ. އަޑުގަދަކުރަން ފެށުން މީހުންތައް ދުރަށްދާންފެށިއެވެ. މަންޒަރުދުށް ބައެއް މީހުން ބުނެފައިވަނީ، އެމީހުންގެތެރޭގައި ގިނައީ ސަލަފް ޖަމްއިއްޔާގެ މީހުން ކަމަށެވެ. އަދި ޕީޕީއެމްގެ ބައެއްމީހުން ވެސް ތިބިކަމަށެވެ.

އެމީހުން އެތަނަށް ވަންއިރު ގާތްގަނޑަކަށް 170 ވަރަކަށް މީހުން ދިޔައީ ހަރަކާތުގައި ބައިވެރިވަމުންނެވެ. އޭގެތެރޭގައި އިންޑިއާ އާއި ބަނގްލާދޭޝް އަދި އިންޑިއާގެ ސަފީރުންގެ އިތުރުން އެކިއުމުރުފުރައިގެ މީހުން ހިމެނެއެވެ.

މީހުން ގައިގައި ކޮޅުފައިންޖަހައި، އެތަން ޒީނަތްތެރިކުރުމަށްޓަކައި ޖަހާފައިހުރި ދިދަ ދަނޑިތައް އުފުރާލައި، ބިނދެގެން ބައެއް މީހުންނަށް ޙަމަލާ ދީފައިވެއެވެ.

އެމީހުން ވަންއިރު ސިކިއުރިޓީގެ ގޮތުގައި ތިބީ އެންމެ 6 ފުލުހެކެވެ. ނަމަވެސް ޕެޕަރ ސްރޭޖަހައި ކޮންމެވެސް ވަރަކަށް ކޮންޓްރޯލްކުރަން މަސައްކަތްކުރިއެވެ. އިތުރު ފުލުހުން އެތަނަށް ގޮސް ހަމަނުޖެހުން މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ.

ދަނޑަވަދެ ހަމަނުޖެހުން ހިންގި މީހުން ބޭރުކުރެވުނީ 40 ވަރަކަށް މިނެޓްފަހުންނެވެ. އެމީހުން ބޭރުކުރުމުން ވެސް ތަކެތި އުކައި ހަމަނުޖެހުން ދަނީ ހިންގަމުންނެވެ.

މިއީ ރާއްޖޭގައި ޔޯގާ ހަރަކާތެއް ބާއްވާ ފުރަތަމަ ފަހަރެއް ނޫނެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޔޯގާ ކްލާސްތައް ވެސް ހުރެއެވެ. ނަމަވެސް މިފަދަ ހަމަނުޖެހުމެއް މިހާތަނަށް ހިންގާފައި ނުވެއެވެ.

ނަމަވެސް ދީނީ ގޮތުން ފުށުއެރުންތައް ހުރިކަމަށް ބައެއް ދީނީ ޢިލްމުވެރިން ބުނެފައި ވެއެވެ. ނަމަވެސް، ޔޯގާ ހަރަކާތުގެ ތެރެއިން ސީދާކޮން ހަރަކާތެއްކަން ސާފު ނުވެއެވެ.

މާލޭގައި 2016 ޔޯގާ ދުވަސް ފާހަގަކުރުން
ޓެގްސް: މާރާމާރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.