މީގެ ކުރިން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ޔޯގާގެ ޙަރަކާތެއް

ހަބަރު

"ހަމަނުޖެހުން ހިންގި މީހުން ޤާނޫނުގެ ކުރިމައްޗަށް ގެންނާނަން" - ރައީސް

އަލީ އަޒްޔަން - ކ. މާލެ | 21 ޖޫން 2022 , އަންގާރަ 11:25   383

މިއަދު ހެނދުނު ޔޫތް މިނިސްޓްރީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރުން އިންތިޒާމްކުރި އިވެންޓްގައި އެތައް ބޭރުގެ ޑިޕްލޮމެޓުން ވެސް ބައިވެރިވި ޙަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގާފައިވާތީ، އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

"ޝަހާދަތުގެ ދެކަލިމަ" ލިޔެފައި ހުރި ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ގަލޮޅު ދަނޑަށްވަދެ، ޖަހާފައިފައިހުރި ދިވެހި ދިދަތަކަށް ގެއްލުންދީ، ދިދަދަނޑިތަކުންނާއި ފައިން އިށީދެންގެން ތިބި މީހުންނަށް ހަމަލާދީފައިވެއެވެ.

ހެނދުނުގެ ހަމަނުޖެހުމާއި ގުޅިގެން، ޕޮލިހުން ވަނީ މިހާރު ތަޙްގީގްކުރުމުގެ މަސައްކަތް ފަށާފައި. މިއީ ސިރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ޒިންމާވާ ފަރާތްތައް ޤާނޫނުގެ ކުރިމަށްޗަށް ގެނެވޭނެ.

~ ރައީސް ސޯލިހް

ޖޫން މަހުގެ 6 ވަނަ ދުވަސް ދުނިޔޭގެ 177 އަށްވުރެ ގިނަ ގައުމުގައި ފާހަގަކުރާއިރު، އ.ދ. އިން މިދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމަށް ވޯޓުދިން ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަންނަނީ މިދުވަސް ފާހަގަކުރަމުންނެވެ.

މިހަމަނުޖެހުމާއި ގުޅިގެން ޕީޕީއެމްއިން ބުނެފައިވަނީ ދިދަތައްދީފައިވާކަމަށާއި، އެކަމަކު ހަމަނުޖެހުން ކުށްވެރިކުރާކަމަށެވެ.

ރައްޔިތުން ކަމަކާއި ކަންބޮޑުވެގެން އެކަމެއް އިންތިޒާމްކުރީމާ، އެއީ ޤާނޫނާއި ޚިލާފްކަމަކަށް ނުވާހާހިނދަކު، އަޅުގަނޑުމެން އެހީތެރިވަން. އެފަދަ ކަމަކަށް އަޅުގަނޑުމެން ހިތްވަރު ނުދެން. އަދި ބައިވެރިވެސް ނުވާނަން.

~ މުހައްމަދު ތޮލާލް، ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް

ތޮލާލު އިތުރަށް ވިދާޅުވީ މިއަދު ހެނދުނު ހިންގި ހަމަނުޖެހުން ބަލައިނުގަންނަ ކަމަށެވެ.

ޓެގްސް: މާރާމާރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.