އައްޑޫސިޓީ ޕޮލިސް ސްޓޭޝަން

ހަބަރު

އައްޑޫސިޓީގައި ހިނގި މާރާމާރީ ތަކަކާއި ގުޅިގެން އިތުރު 2 މީހަކު ހައްޔަރު ކޮށްފި

ދާނިޝް - އައްޑޫ އަތޮޅު | 21 ޖޫން 2022 , އަންގާރަ 19:45   365

އައްޑޫސިޓީގައި ހިނގި މާރާމާރީތަކެއްގައި އަނިޔާވެ ފަރުވާ ދެމުން ދަނިކޮށް މަރުވި 21 އަހަރުގެ ޒުވާނާގެ މައްސަލައާއި ގުޅިގެން 6 މީހަކު ހައްޔަރު ކޮށްފިކަން ފުލުހުން ހާމަކޮށްފިއެވެ.

ސިލްސިލާ ގޮތެއްގައި އައްޑޫސިޓީ ފޭދޫގައި ހިނގި މި މާރާމާރީތަކުގައި ތޫނު ހަތިޔާރަކުން އަނިޔާވެ މި ޒުވާނާ މަރުވީ މި ޖޫން މަހުގެ 1ގައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި މާރާމާރީ ތަކަކީ ދެ ގްރޫޕެއްގެ ދެމެދު ހިނގި މަސްތުވާތަކެއްޗާއި ގުޅުންހުރި ހަމަނުޖެހެންތަކަކާއި ގުޅިގެން ހިނގާދިޔަ މާރާމާރީ ތަކެކެވެ.

ފުލުހުންގެ މައުލޫމާތު ދޭގޮތުގައި މި މައްސަލައާއި ގުޅިގެން މި މަހުގެ 18 ގައި 4 މީހަކު ފުލުހުންގެ މެލުމުގެ ދަށަށް ގެންގޮސް ފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 22 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 18 އަހަރުގެ ދެމީހުނެވެ. އަދި އިއްޔެ (20 ޖޫން) ގައި މިމައްސަލައާއި ގުޅިގެން 24 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން 24 އަހަރުގެ މީހާއަށް ކޯޓުންވަނީ، ކޯޓަށް ހާޒިރުކޮށް ޝަރީއަތްނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި 18 އަހަރުގެއެކަކާއި، 22 އަހަރުގެ މީހާއަށް ވަނީ 15 ދުވަސް ދީފައެވެ.

ޓެގްސް: އައްޑޫ މާރާމާރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.