މާސިއެޖް ރީބަސް

ކުޅިވަރު

މާސިއެޖް ރީބަސް އަށް ގައުމީ ޓީމުން ޖާގަ ގެއްލިއްޖެ

ދާނިޝް - ޔޫރަޕް | 22 ޖޫން 2022 , ބުދަ 08:41   295

ޕޮލެންޑްގެ ޑިފެންޑަރު މާސިއެޖް ރީބަސް އަށް ގައުމީ ޓީމުން ޖާގަ ގެއްލިއްޖެ އެވެ. އުމުރުން 32 އަހަރުގެ

ޕޮލެންޑްގެ ކޯޗު ޗެޒްލޯ މިޗްނެވިޗް ވަނީ ރީބަސް ވޯލްޑް ކަޕުގައި ވާޑަކުރާ ގައުމީ ޓީމަށްވެސް ނުނަގާނެ ކަން ހާމަކޮށްފައެވެ. ބެލެވޭ ގޮތުގައި ކޯޗް މިޗްނެވިޗްގެ މި ނިންމުމަކީ ރީބަސް ރަޝިއާގެ ސްޕާޓަކް މޮސްކޯއަށް ސޮއި ކުރުމާއި ގުޅިގެން ނިންމި ނިންމުމެކެވެ.

ރީބަސް އަކީ ރަޝިއާގެ ގައުމީ ޓީމަށް 60 މެޗް ކުޅެދިން އެ ޓީމަށް ވެސް ވަރަށް މުހިންމު ޑިފެންޑަރެކެވެ. ޕޮލެންޑަށް ނިސްބަތަވާ މި ކުޅުންތެރިޔާ ކައިވެނި ކޮށްގެން ހުންނަނީ ރަޝިއާގެ މީހަކާއެވެ. ރީބަސް ސްޕާޓަކް އަށް ސޮއި ކުރުމުގެ ކުރިން ކުޅެމުން ދިޔައީ ރަޝިއަން ލީގުގެ މަޝްހޫރު ޓީމެއް ކަމަށްވާ ލޮކޮމޯޓީވް މޮސްކޯއަށެވެ. އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ބަޔެއްގެ ސަމާލުކަން ހޯދި މި ކުޅުންތެރިޔާ މި ސީޒަނަށް ފަހު ރަޝިއަން ލީގު ދޫކުރާނެ ކަމަށް ޔޫކްރެއިން ފެޑެރޭޝަނުން ދިޔައީ އުއްމީދު ކުރަމުންނެވެ. ނަމަވެސް އެ އުއްމީދާއި ހިލާފަށް ރީބަސް ނިންމީ ރަޝިއަން ލީގުގައި މަޑުކުރުމަށެވެ.

ރަޝިއާ އާއި ޔޫކްރޭނާ ދެމެދު ކުރަމުންދާ ހަނގުރާމާގައި، ރަޝިއާ އާއި ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފީފާއިން ވަނީ ވޯލްޑް ކަޕުގެ ކޮލިފައިން އިން ވެސް ރަޝިއާ ބޭރުކޮށް ލާފައެވެ.

ވޯލްޑް ކަޕުގައި ޕޮލެންޑް ހިމެނިގެން ދިޔައީ އާޖެންޓީނާ އާއި މެކްސިކޯ އަދި ސައުދީ އަރަބިއާ އާއެކު ގުރޫޕް ޑީގައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.