ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް މައިމޫނާ އަބޫބަކުރު

ހަބަރު

ހަފްލާތައް ނުބޭއްވުމަށާއި، ސްކޫލްތަކާއި އޮފީސްތަކުގައި މާސްކުއަޅަން އެޗްޕީއޭ އިން އަންގައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 21 ޖޫން 2022 , އަންގާރަ 20:44   611

ކޮވިޑްޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ ޢަދަދު ގިނަވެ، ކޭސްތައް ވަރަށްބޮޑަށް އިތުރުވަމުންދާތީ، އެޗްޕީއޭއިން ދާދި ދެންމެއަކު ނޫސްބަޔާނެއް ނެރެފިއެވެ.

އެ ނޫސް ބަޔާނުގައިވާގޮތުން ގިނަ މީހުންއެއްވާ ތަންތަނުގައި މާސްކު އެޅުމަށާއި، ކޮވިޑް އަދި އިންފްލުއެންޒާގެ ވެކްސިން ޑޯޒްތައް ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައިވުމުގެ އިތުރުން، ކޮންމެހެން ބާއްވަންޖެހޭ ޙަފްލާއެއް ފިޔަވައި އެހެން ހުރިހާ ހަފްލާތަކެއް ލަސްކުރުމަށް އަންގާފައިވެއެވެ.

އަދި ކޮންމެހެން ބާއްވަންޖެހޭ ޙަފްލާއެއް ވެސް ވީހާމަދުން މީހުން އެއްވާގޮތަށް، ނުވަތަ އޮންލައިންކޮށް ބޭއްވުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

މިދުވަސްވަރަކީ ޚިތާނީ ޙަފްލާތަކާއި، ޗުއްޓީ އަށް ވުމާއިއެކު ދަތުރުފަތުރުކުރުން ގިނަވާނެ ދުވަސްވަރަކަށް ވެފައި، ބަލި ކޮންޓްރޯލްކުރުމުގެ ގޮތުން، ވީހާވެސް ބޮޑަށް ސާފުތާހިރުކަމަށް ސަމާލުކަންދީ، ބަލި މީހުންނަށް ޒިޔާރަތް ނުކުރުމަށާއި، ކޮވިޑްގެ ޢަލާމާތެއް ވާނެނަމަ އެކަހެރިވުން މުހިއްމުކަން ވެސް ފާހަގަކޮށްފައިވެއެވެ.

އެޗްޕީއޭ އިން ކުރިން ބުނެފައިވަނީ، ދަތުރުކުރުމުގައި ޕީސީއާރު އަދި މަޖުބޫރު ނުކުރާނެކަމަށެވެ.

އަދި ވެކްސިންގެ ޑޯޒްތައް ހަމަކުރަން ހަނދާންކޮށްދީ އިލްތިމާސްކޮށްފައި އިރު، މަޖުބޫރުކުރިކަން އަދި ސާފުނުވެއެވެ. އަދި މިހާތަނަށް ޑޯޒްތައް ފުރިހަމަކުރިމީހުންގެ ތަފްޞީލްވެސް ހާމަކޮށްފައި ނުވެއެވެ.

މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ދެވަނަ ޑޯޒްޖަހައި ހަމަސްވެއްޖެނަމަ، ތިންވަނަ ޑޯޒްއެއް ނުޖަހައި ދަތުރުނުކުރެވެއެވެ. އަދި ދުނިޔޭގެ ސިއްޙަތާއިބެހޭ އިދާރާއިން ދަނީ ހަތަރުވަނަ ޑޯޒެއް ޖަހަންޖެހިދާނެކަމަށް ބުނަމުންނެވެ.

މިލިޔުމާއި ގުޅޭ:

އެޗްޕީއޭ އިން މިރޭ ނެރުނު ނޫސްބަޔާން

ޓެގްސް: ކޮވިޑް19
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.