ސިންގަޕޫރުގެ ޗަންޖީއެއަރޕޯޓްގައި ފަތުރުވެރިންތަކެއް

ދުނިޔެ

މަންކީޕޮކްސް އެންމެފަސް، އިރުމަތީއޭޝިއާގެ ފުރަތަމަ ކޭސް ސިންގަޕޫރުން ފެނިއްޖެ

އަލީ އަޒްޔަން - އޭޝިއާ | 22 ޖޫން 2022 , ބުދަ 10:03   277

ސިންގަޕޫރުން ފުރަތަމަ ފަހަރަށް މަންކީޕޮކްސްގެ ކޭސްއެއް ފެނިފައިވާކަމަށް ބީބީސީއިން ބުނެފިއެވެ.

ސިންގަޕޫރުގެ ކަމާއިގުޅޭ އިދާރާތަކުން ހާމަކޮށްފައިވާގޮތުގައި މިބަލި ފެނިފައިވަނީ އިނގިރޭސިވިލާތުގެ ފުލައިޓަކުން އައި 42 އަހަރުގެ މީހަކަށް ކަމަށެވެ.

މިއީ އިރުމަތީއޭޝިއާގެ ޤައުމަކުން މިބަލި ފެނުނު ފުރަތަމަ ފަހަރެވެ. މިއަހަރުގެ މޭއި މަހުންފެށިގެން ނުރައްކާތެރި މިބަލި ދަނީ ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރެމުންނެވެ. މިގޮތުން މިހާތަނަށް 42 ގައުމަކުން 2،100 މީހަކަށް މިބަލިޖެހިފައިވެއެވެ.

މިހާތަނަށް ފެނުނު ކޭސްތަކުގެތެރެއިން 80 ޕަސެންޓަށްވުރެ ބޮޑުބައެއް ފެނިފައިވަނީ، ދިވެހިރާއްޖެއަށް ވެސް ގިނަފަތުރުވެރިން އަންނަ ސަރަޙައްދެއްކަމަށްވާ، ޔޫރަޕުންނެވެ.

ސިންގަޕޫރު އޮފިޝަލުންނާއި ޙަވާލާދީ ބީބީސީއިން ބުނެފައިވަނީ އެބަލިފެނުނު މީހާގެ ޙާލު ރަނގަޅުކަމަށެވެ. އަދި އެމީހާ މިހާރު އެކަރިކުރެވިފައިވާކަމަށެވެ.

އަންގާރަ ދުވަހު ސައުތުކޮރެއާ އިންވެސް ވަނީ އެގައުމުން ފުރަތަމަ ކޭސް ފެނިފައިވާކަން އިޢްލާންކޮށްފައެވެ.

މިބައްޔަކީ ގައިގޯޅިވުމުން ފެތުރޭ ޗިކެންޕޮކްސްގެ ވައްތަރެކެވެ. ޗިކެންޕޮކްސް އަކީ، މީގެކުރިން ދުނިޔެއިން ނައްތާލެވިފައިވާކަން އިޢްލާންކޮށްފައިވާ ބައްޔެކެވެ.

ޓެގްސް: ބަލިމަޑުކަން ޕެންޑެމިކް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.