މުދަލުގެ ޒަކާތުން ބެހެނިވެރިއަކަށް 3000 ރުފިޔާ

ހަބަރު

މުދަލުގެ ޒަކާތުން ބޮލަކަށް 3000 ރުފިޔާ

ދާނިޝް - ދިވެހި ރާއްޖެ | 22 ޖޫން 2022 , ބުދަ 12:08   359

މުދަލު ޒަކާތުގެ ބެހެނިވެރިންގެ ބޮލަކަށްޖެހޭ އަދަދަކީ 3،000 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

މިނިސްޓްރީއިން މައުލޫމާތު ދޭ ގޮތުގައި ޒަކާތުގެ ގޮތުގައި 26.9 މިލިއަން ރުފިޔާ ޖަމާކޮށްފައި ވެއެވެ.

މުދަލު ޒަކާތުން ބެހެނިވެރިންގެ ބޮލަކަށް ޖެހޭ އަދަދު ކަނޑައަޅާފައިވަނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވީމީހުންގެ އަދަދަށް ބަލައިގެންނެވެ. މި ގޮތުން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވަނީ 8959 މީހުންނެވެ. މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދޫކުރި އަހަރަކީ މި އަހަރު ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ. އެގޮތުން 1440 ވަނަ އަހަރު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނީ 2000 ރުފިޔާއެވެ. އަދި 1441 ވަނަ އަހަރު 2700 ރުފިޔާއެވެ.

ޓެގްސް: އިސްލާމްދީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.