އައްޑޫސިޓީ ހިތަދޫ

ހަބަރު

ހިތަދޫ ބަނދަރު ތޮއްޓަށް ކައިރިކުރާ ކަނޑުއުޅަނދުން ފައިސާނަގަން ފަށައިފިކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި

ދާނިޝް - އައްޑޫ އަތޮޅު | 21 ޖޫން 2022 , އަންގާރަ 20:33   216

އައްޑޫސިޓީ ހިތަދޫ ބަނދަރު ތޮއްޓަށް ކައިރިކުރާ ކަނޑުއުޅަނދުފަހަރުން ފީ ނެގުމުގެ އުސޫލަށް އަމަލު ކުރަން ފަށާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަ ދައްކަވަމަމުން އައްޑޫ ސިޓީގެ ކައުންސިލަރަކު ވިދާޅުވީ، މިއީ އެކައުސިލަށް އާމްދަނީ އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. މިގޮތުން އައްޑޫގެ ބަނދަރުތަކުން ފީ ނެގުމަށް ނިންމައި އުސޫލެއް އެކުލަވާލައި އާންމުކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ކަމަށެވެ.

މި އުސޫލުގައި ވާގޮތުން ފައްތިޔާލުމަށް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހެއެވެ. އަދި މި ފީ އުޅަނދުގެ ބޮޑު މިނަށް ބަލައި ތަފާތުވާނެއެވެ.

ފީ ނެގުމަށް ހަމަޖެހިފައިވަނީ ގޮތް

  • 29 ފޫޓުން ދަށުގެ އުޅަނދުތަކުން އަހަރަކު ރ250
  • 39-59 ފޫޓާ ދެމެދުގެ އުޅަނދުތަކުން އަހަރަކަށް 500ރ
  • 60-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން އަހަރަކު 750ރ
  • 100 ފޫޓަށް ވުރެ ބޮޑު އުޅަނދުތަކުން އަހަރަކު 1،000ރ

ހަމައެހެންމެ އެއްގަމު ތޮއްޓަށް ދިގަށްވާ ގޮތަށް އުޅަނދުތައް އައްސާ ނަމަ އެކަމަށް ވެސް ހުއްދަ ނަގަން ޖެހޭނެ އެވެ. މިގޮތަށް ބާއްވާ އުޅަނދުތަކުން ގަޑިއަކަށް 50 ރުފިޔާ ނަގަންވެސް ވަނީ ނިންމާފައެވެ. 48 ގަޑިއިރަށްވުރެ ގިނަ ވަގުތަށް އެއްގަމުތޮއްޓާއި ކަނޑުތޮށީގެ ހުރަހަށްވާ ގޮތަށް އުޅަނދުތައް އެޅޭނީ ވެސް 50 ރުފިޔާ ފީއެއްގެ ހުއްދައަކާ އެކުގައެވެ. މިއާއެކު މުދާ ބޭލުމުގެ ހުއްދަ ދޭ އަގުތައްވެސް ކައުންސިލުން ވަނީ އާންމު ކޮށްފައެވެ.

މުދާ ބޭލުމަށް ހުއްދަ ދޭ އަގުތައް

  • 69 ފޫޓުން ދަށުގެ އުޅަނދުތަކުން ގަޑިއަކަށް 250ރ
  • 70-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން ގަޑިއަކަށް 400ރ
  • 100 ފޫޓަށް ވުރެ ދިގު އުޅަނދުތަކުން ގަޑިއަކަށް 1،000ރ

ގަވާއިދު ބުނާގޮތުން މިއުސޫލުގައި ނެތް ހާލަތެއް ދިމާވެއްޖެ ނަމަ އެކަމާއިގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމަން ޖެހޭނެއެވެ.

އިގްތިސާދީގޮތުން ދަތި ދަނޑިވަޅެއްގައި އަނެއްކާވެސް އިތުރު ޚަރަދުތަކެއް

ޓެގްސް: އައްޑޫ އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.