ތެޔޮ އުފައްދާ ކާރުހާނާއެއްގައި މަސައްކަތް ކުރާ މަންޒަރު

ވިޔަފާރި

ސަޕްލައި ދައްވެ ތެލުގެ އަގުތަކަށް އަނެއްކާވެސް ބަދަލުތަކެއް

ދާނިޝް - ދުނިޔެ | 23 ޖޫން 2022 , ބުރާސްފަތި 00:14   153

ތެލުގެ ސަޕްލައި އަށްވުރެ ޑިމާންޑު އިތުރުވުމާއި ގުޅިގެން އަގުތަކަށް ބަދަލުއައިސް، ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެއެވެ.

ހޫނުމޫސުމާއި ދިމާކޮށް ދަތުރުފަތުރު ކުރާ މީހުން ގިނަވުމުގެ ސަބަބުން ތެލަށް އޮތް ޑިމާންޑު އިތުރުވެފައިވާ ކަމަށް ކަމާއިބެހޭ މާހިރުން ވިދާޅުވެއެވެ. ނަމަވެސް ރަޝިއާއިން ތެޔޮ އެތެރެކުރުން ޔޫރަޕިއަން ޔޫނިއަން އިން މަނާކޮށްފައި އޮތުމުން ތެލުގެ ސަޕްލައި އިތުރެއް ނުވެއެވެ.

ދުނިޔޭގެ އިގްތިސާދީ ދުވެލި %3.5 އިންސައްތައަށް މިއަހަރުގެ ތެރޭގައި ހަލުވި ވާނެކަމަށޤ އޯޕެކް އިން އަންދާޒާ ކުރެއެވެ. އަންނަ ޖުލައިމަހު 648000 ފީފާ ދުވާލެއްގެ މައްޗަށް އުފައްދަން އޯޕެކް ޤައުމުތަކާއި ރަޝިއާ ހިމެނޭ އޯޕެކް ޕްލަސް އިން މިހާރު ވަނީ އެއްބަސްވެފައެވެ.

މިހާރު ތެލުގެ އަގުތައް ހުރިގޮތް:

ބްރެންޓް ތެޔޮ ފީފާއެއް 114.77 އެމެރިކާ ޑޮލަރު

އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިޔު ޓީ އައި) ތެޔޮ ފީފާއެއް 110.90 އެމެރިކާ ޑޮލަރު

ތެލަށްއޮތް ޑިމާންޑު މި އިތުރުވީ ތެލުގެ ޑިމާންޑު އިތުރުވަމުން ދާނެކަމަށް އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީޒް އިން ބުނެއެވެ.

ޓެގްސް: ތެލުގެ އަގުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.