ޓަކުމި މިނަމީނޯ ދަނޑުމަތީގައި

ކުޅިވަރު

ލިވަޕޫލުގެ ސްކޮޑް ކުޑަކުރުމުގެ ތެރެއިން މިނަމީނޯ ވިއްކާލަނީ

ދާނިޝް - ޔޫރަޕް | 23 ޖޫން 2022 , ބުރާސްފަތި 10:10   218

ލިވަޕޫލުގެ ސްކޮޑް ކުޑަކުރުމުގެ ތެރެއިން އެ ޓީމަށް ކުޅެމުންދާ ޖަޕާނުގެ ފޯވާޑް ޓަކުމި މިނަމީނޯ ވިއްކާލުމަށް އެ ކްލަބުން ނިންމާފިއެވެ.

އުމުރުން 27 އަހަރުގެ މިނަމީނޯ ލިވަޕޫލަށް ސޮއި ކުރީ 2020 ވަނަ އަހަރު އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގުން 7.25 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި ލިވްޕޫލުގައި 55 މެޗު ކުޅެ 14 ލަނޑު އޭނާ ވަނީ ޓީމަށް ކާމިޔާބު ކޮށްދީފައެވެ. ހަމައެހެންމެ މިދިޔަ ސީޒަނުގައި ލިވަޕޫލާ އެއްކޮށް ކުޅުނު ޑޮމެސްޓީން ކަޕް މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. މިއާއެކު މިދިޔަ ސީޒަނުގައި ލިވަޕޫލާއެކު ލީގް ކަޕާއި އެފްއޭ ކަޕްވެސް އޭނާ ވަނީ ކާމިޔަބު ކޮށްފައެވެ.

ލިވަޕޫލަށް ކުޅެން ފެށި ފަހުން މިނަމީނޯ ވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅު ސައުތެމްޓަންއަށް ލޯނު އުސޫލުން ގުޅި އެ ޓީމަށް ޖުމުލަ 10 މެޗު ކުޅެދީފައި ވެއެވެ.

މިނަމީނޯ ވިއްކާލަން ހަމަޖެހިފައިވަނީ ފްރާންސްގެ މޮނާކޯ އަށް، 18 މިލިއަން ޔޫރޯއަށެވެ. މިނަމީނޯ ގެންދަން މޮނާކޯ އިން 15 މިލިއަން ޔޫރޯ ގެ ފީއެއް ދައްކަން ޖެހެ އެވެ. އަދި އެޑް އޮންސްގެ ގޮތުގައި 3 މިލިއަން ޔޫރޯ ދައްކަން އެ ކްލަބުން ވަނީ ނިންމާފައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.