އެމެރިކާ އެފްޑީއޭ އިން ވަނީ ހަމަސް ވާކުދިންނަށް ވެކްސިޖެހޭނެކަމަށް ބުނެފައި

ދުނިޔެ

ކޯވިޑް ވެކްސިން 6 މަސްވާކުދިންނަށް ޖެހުމުގެ ހުއްދަ އެމެރިކާގައި ދީފި

އަލީ އަޒްޔަން - ދުނިޔެ | 23 ޖޫން 2022 , ބުރާސްފަތި 09:58   308

އެމެރިކާގައި، މޮޑާނާ އަދި ފައިޒާގެ ވެކްސިންޖެހޭނެ ޢުމުރު ހަމަހަށް ތިރިކޮށްފިއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ހުކުރު ދުވަހު ބުނެފައިވަނީ ކުރިން މީގެކުރިން ހުއްދަ ދީފައިވާނީ 5 އަހަރުން މަށްޗަށް ކަމަށެވެ.

އިތުރަށް ބުނެފައިވަނީ ވެކްސިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުމަށްޓަކައި ތަފްޞީލްކޮށް ބަލައި ހޯދާފައިވާނެކަމަށެވެ. އަދި މޮޑާނާއާއި ފައިޒާގެ ވެކްސިން ޖެހުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ވުރެ އެގެއިން ލިބިދޭ ހިމާޔަތް ބޮޑުކަމަށެވެ. އަދި ފުރާނަ ސަލާމަތްކުރުމަށް އޮތް ފުރުސަތު ވަރަށް ބޮޑު ކަމަށެެވެ.

ފައިޒާގެ ވެކްސިން މިއުމުރު ފުރައަށް ދިނުމުގައި ތަފާތުކަންކަމަށް ބެލުމަށްފަހު ޖަހާ ޑޯޒް ތަފާތުވެއެވެ. މޮޑާނާއިން ޖަހަނީ ދެ ޑޯޒަކަށް ބަހާލައިގެންނެވެ. ނަމަވެސް ޚަބަރުތައް ބުނާގޮތުން ފައިޒާ މޮޑާނާ އަށްވުރެ އަވަހަށް އަދި ރަނގަޅަށް މަސައްކަތްކުރެއެވެ.

އެމެރިކާގައި މިހާރު މި ޢުމުރުފުރާގެ ކުދިންނަށް ވެކްސިން ދޭން ފަށާފައިވާކަމަށް އެންބީސީއިން ރިޕޯޓްކުރެއެވެ.

ޓެގްސް: ކޮވިޑް19
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.