ލަންޑަންގެ ހެމިލްޓަން ރިޒާވް ބޭންކް

ހަބަރު

ހެމިލްޓަން ބޭންކް އިން ލަންކާއާ ދެކޮޅަށް ދައުވާކުރަނީ

ދާނިޝް - ލަންކާ | 25 ޖޫން 2022 , ހޮނިހިރު 10:59   193

ލަންޑަންގެ ހެމިލްޓަން ރިޒާވް ބޭންކުން ސޮވެރިން ބޮންޑުތަކުގެ އިންޓްރެސްޓް ނުދެއްކުމުގެ ސަބަބުން ސްރީ ލަންކާގެ މައްޗަށް ދައުވާކޮށްފިއެވެ.

ބޮންޑަކީ ވަކި މުއްދަތެއްގެ ތެރޭގައި ގައުމުތަކުގެ ބޭންކުތަކުންދައްކާ ހަލާސް ކުރާ ގޮތަށް ނަގާ ލޯނެކެވެ. އަދި ބޮންޑުގެ އަސްލު ކަނޑައެޅިފައިވާ އަދަދު ދައްކަންޖެހޭ ތާރީހުގެ ކުރިން ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިންޓްރެސްޓް ދައްކަން ޖެހެއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ހެމިލްޓަން ބެންކުގައި ހުރި ލަންކާގެ ބޮންޑުތައް 250 މިލިއަން ޑޮލަރަށް އަރައެވެ. އަދި އެ ގައުމުން ޕްރިންސިޕަލް އަދަދު ދެއްކުމަށް އެއްބަސްވެފައި ވަނީ އަންނަ މަހު 25 ވަނަ ދުވަހުގެ ކުރިންނެވެ.

އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ ސްރީލަންކާއާއި ދެކޮޅަށް ދައުވާ ކުރަން ނިންމައިފައި މިވަނީ ހެމިލްޓަން ބޭންކަށް ވިއްކި ދެ ސޮވެރިން ބޮންޑަކަށް ދައްކަން ޖެހޭ އިންޓްރެސް ކަނޑައެޅިފައިވާ ތާރިހަށް ނުދެއްކި، އިތުރަށް ދިން މަސް ދުވަހުގެ މުއްދަތުވެސް ހަމަވެފައި ވާތީއެވެ. މިކަމާއި ގުޅިގެން ހެމިލްޓަން ބޭންކުން ވަނީ އިންޓްރެސްޓާއެކު ބޮންޑުގެ ފާއިސާ ހޯދުމަށް ދައުވާކޮށް އެމެރިކާގެ ނިއުޔޯކްގެ ފެޑެރަލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

ހެމިލްޓަން ބޭންކުން ދައުވާ ކުރާ ގޮތުގައި ބޮންޑަށްވާ ފައިސާ އަނބުރާ ނުދެއްކީ ގަސްތުގައި ލަންކާ ސަރުކާރުގެ އިސްވެރިން އަޑީގައި ތިބެގެންނެވެ. ހަމައެހެންމެ މި ދައުވާގައި އެ ބޭންކަށް ހަލާސް ކުރަންޖެހޭ ފާއިސާ ނުދައްކައި، އެހެން ލޯނުތައް ހަލާސް ކުރުމަށް ލަންކާ އިން މަޝްވަރާ ކުރާ ކަމަށް ވެސް ހެމިލްޓަން ބޭންކުން ވަނީ ތުހުމަތުކޮށްފަ އެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.