2006 ވަނަ އަހަރު ސީރިޔާގެ ރައީސް ބަޝަރުލް އަސަދާއި ހަމާސް ޖަމާއަތުގެ އިސްމާއިލް ހަނިއްޔެއް އާއި ބައްދަލު ކުރަނީ

ދުނިޔެ

ހަމާސް އިން އަލުން ސީރިއާ އާއި ގުޅުން ޤާއިމުކުރަން ނިންމައިފި

ދާނިޝް - މެދުއިރުމަތި | 24 ޖޫން 2022 , ހުކުރު 19:29   215

10 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ސޫރިޔާގެ ސަރުކާރާ އެކު ގުޅުން ބަދަހި ކުރުމަށް ފަލަސްތީނުގް ޣައްޒާގެ ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުން ނިންމައިފިއެވެ.

މިކަން ހާމަކޮށް ހަމާސް ޖަމާއަތުން މައުލޫމާތު ދޭ ގޮތުގައި އެ ޖަމާއަތާއި ސުރިޔާ ސަރުކާރާއި ދެމެދު މަޝްވަރާ ބައްދަލުވުން ތަކެއްވެސް ބޭއްވިފައިވާ ކަމަށެވެ. މިކަން ސޫރިޔާ ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ހަމާސްއިން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާގުޅުން ކަނޑައިލާފައި ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެންނެވެ. އެފަހަރު ދާޚިލީ ހަނގުރާމައިޢުލާނު ކުރުމާއެކު ހަމާސްއިން ވަނީ އަސަދުގެ ސަރުކާރާއި ދެކޮޅު ފަރާތްތަކަށް ތާޢީދުކުރާކަންހާމަކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ހަމާސް ޖަމާއަތާއި އަސަދުގެ ސަރުކާރާ އެކު އޮތް ގުޅުންހީނަރުވެގެން ދިޔައެވެ.

ޓެގްސް: ފަލަސްޠީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.