އުރީދޫ ނޭޝަން ގޭމާސް ލޭންޑް ލޯންޗް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހަބަރު

އުރީދޫއިން "އުރީދޫ ނޭޝަން ގޭމާސް ލޭންޑް" ގެ ނަމުގައި ގޭމިން ޕްލެޓްފޯމެއް ތައާރަފްކޮށްފި

ދާނިޝް - ދިވެހި ރާއްޖެ | 23 ޖޫން 2022 , ބުރާސްފަތި 19:06   357

ރާއްޖޭގައި މުވާސަލާތީ ހިދުމަތް އެންމެ ފުޅާދާއިރާއެއްގައި ހިންގާ އުރީދޫއިން " އުރީދޫ ނޭޝަން ގޭމާސް ލޭންޑް" ގެ ނަމުގައި ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނާ ގޮތުގައި މިފަދަ ޕްލެޓްފޯމެއް ތައާރަފްކުރުމުގެ ބޭނުމަކީ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ގޭމިން އިންޑަސްޓްރީގައިވާ ފުރުސަތުތައް ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ފަހިކޮށްދިނުމެވެ. ހަމައެއާއެކު އުރީދޫއާއި ބޭރުގެ ކުންފުނިތަކާއި ދެމެދު ވެފައިވާ ޕާޓްނާޝިޕްތަކުގެ އެހީގައި ގޭމިންއާއި ގުޅުންހުރި މައުލޫމާތާއި ހިދުމަތްތައް އެއް ޕްލެޓްފޯމެއްގައި ގެނެސްދިނުމަކީ އުރީދޫގެ އަމާޒް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އުރީދޫ އިން މި ތައާރަފްކުރި ނޭޝަން މެދުވެރިކޮށް އައިޓިއުންސް، ނިންޓެންޑޯ، ޕްލޭސްޓޭޝަން އަދި މިނޫންވެސް ދުނިޔޭގެ އެކި ގޭމިން ޕްލެޓްފޯމްތަކުގެ ގިފްޓްކާޑްތައް ގޭމްކުޅޭފަރާތްތަކަށް ލިބިގެން ދާނެއެވެ. މީގެއިތުރުން މެދުވެރިކޮށް ޕަބްޖީ، ގެރީނާ ފްރީ ފަޔާ، މޯބައިލް ލެޖެންޑްސް، ކޯލް އޮފް ޑިއުޓީ، ރޮބްލަކްސް އާއި މި ނޫންވެސް ގިނަ ގޭމްތަކަށް ޚާއްޞަ މޯބައިލް ޑޭޓާ ޕެކްތައް އެކްޓިވޭޓް ކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ.

މި ޕެލެޓްފޯމް ތައާރަފްކޮށް އުރީދޫއިން ވަނީ އުރީދޫ ނޭޝަންގެ އެންމެ ފުރަތަމަ މުބާރާތްކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް 100000 ރުފިޔާގެ ޕްރައިޒް ޕޫލަކާއިއެކު އިއުލާނު ކޮށްފައެވެ.

ޓެގްސް: މުވާޞަލާތީ ޚިދުމަތްތައް އުރީދޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.