ޕްރޮގްރާމްގައި ބައިވެރިވާ ބޭރުގެ ފުޓްބޯލް ލެޖެންޑުން، ގަން އެއަރޕޯޓުން މަރުޙަބާދެންނެވުން

ހަބަރު

އެފްއޭއެމް އިން އައްޑޫގައި "ސޭފްގާޑިންގ އިން ފުޓުބޯލް" ގެ ނަމުގައި ޕްރޮގްރާމެއް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 24 ޖޫން 2022 , ހުކުރު 20:12   365

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ "ސޭފްގާޑިންގ އިން ފުޓުބޯލް" ޕްރޮގްރާމެއް، ހޮނިހިރު ދުވަހު އައްޑޫ ސިޓީގައި އޮންނާނެއެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަމުން، އައްޑޫގައި އެފްއޭއެމްގެ ފަރާތުން ހުންނަވާ އެންމެ އިސްފަރާތް ކަމުގައިވާ، އިބްރާހިމް ލުޠުފީ ހާމަކުރެއްވިގޮތުގައި މިޕްރޮގްރާމްގެ މަގްޞަދަކީ ފުޓުބޯޅައަށް ނިކުންނަ ފަރާތްތަކުގެ ހުނަރުތައް ދިރުވައި، ކުޅިވަރުގައި ސަލާމަތާއި ރައްކާތެރި މާޙައުލެއް ޤާއިމްކުރުމުގެ ވިސްނުން އަށަގެންނެވުން ކަމަށެވެ.

މިޕްރޮގްރާމް އެންމެފުރަތަމަ ފެށުނީ 20 ވަނަދުވަހު މާލެއިން. އޭދަފުށިގައި ވެސް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްފަހު ޓީމު މިއަދު އެއީ އައްޑުއަށް. ދެން ޑަބްލިއުޑީސީއާއި އަޅުގަނޑުމެން އެފްއޭއެމް ޓީމްގުޅިގެން މިއަދު އެކޮޅުން އައި ޓީމަށް ވާނެ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފަ.

~ އިބްރާހިމް ލުޠުފީ، އެފްއޭއެމް

ލުތުފީ އިތުރަށް ވިދާޅުވީ، މައިގަނޑު ޙަރަކަތްތައް ފެށިގެންދާނީ ހޮނިހިރު ދުވަހު، އައްޑޫގެ އެންމެބޮޑު އެއް ސްކޫލްކަމަށްވާ ޝަރަފުއްދީން ސްކޫލްގައި ކަމަށެވެ.

ޕްރޮގާމް ރޭވިފައިވާގޮތް:

  • ދަރިވަރުންނަށް ހިންގޭ ޕްރޮގްރާމް - ހޮނިހިރު ދުވަހު ހެނދުނު 10-12 އަށް ޝަރަފުއްދީން ސްކޫލްގައި
  • ބެލެނިވެރިންނަށް ހިންގޭ ޕްރޮގްރާމް - ހޮނިހިރު ދުވަހު މެންދުރު 1-3 އަށް ޝަރަފުއްދީން ސްކޫލްގައި
  • ފުޓުބޯޅަ ފެސްޓިވަލެއް - ހަވީރު 4-6 އަށް އައްޑޫ ސްޓޭޑިއަމްގައި
ޑަބްލިއުޑީސީ އަދި އެފްއޭއެމް އައްޑޫ ޓީމުން މަރުޙަބާ ދެންނެވުން

އެފްއޭމް އިން ޕްރޮގްރާމް ކުރިއަށް ގެންދަނީ، އެފްއޭއެމް ފައުންޑޭޝަން، ފުޓްބޯލްފޯ-ޕީސް-ގްލޯބަލް އާއި ދަ-ކޮމަންވެލްތް އާއި ގުޅިގެންނެެވ.

ހުރިހާ ޕްރޮގްރާމްތަކަކީ ވެސް އާއްކޮށް ހުޅުވާލައިގެން ހިންގޭ ޕްރޮގްރާމްތައް ކަމަށް އެފްއޭއެމް އިން މަޢްލޫމާތު ދެއްވާފައިވެއެވެ.

ޓެގްސް: ފުޓުބޯޅަ އެފްއޭއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.