އީކުއޭޓަރ ވިލެޖްގެ ބީޗް އާއި ދިމާލުން ހިތްގައިމު މަންޒަރެއް

ހަބަރު

އީކުއޭޓަރ ވިލެޖް ރިސޯޓުން އީދު ބަންދާއި ދިމާކޮށް ވަރަށް ޚާއްސަ ޕެކޭޖެއް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 25 ޖޫން 2022 , ހޮނިހިރު 11:23   700

ދިވެހިންގެ މެދުގައި ޗުއްޓީ ހޭދަކޮށްލަން މަގްބޫލުކަން ބޮޑު، ސ.ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖުން ކުރިއަށް މިއޮތް ޢީދު ބަންދާއި ދިމާކޮށް ވަރަށް ޚާއްސަ ޕެކޭޖެއް ތަޢާރަފްކޮށްފިއެވެ.

މިޕެކޭޖްގެ ދަށުން ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް، ދެމީހަކަށް ފުލްބޯޑް މީލް (3 މީލް) އާއިއެކު ރޫމެއް، 122 ޔޫއެސް ޑޮލަރަށް ލިބޭނެއެވެ. އަދި 5 އަހަރުން ދަށުގެ ކުދިންނަށް ހިލޭ ތިބެވޭނެއެވެ.

މީގެ އިތުރުންވެސް ފުލް ބޮޑީ މަސާޖެއް 32 ޑޮލަރަށް ލިބޭއިރު، ހުރިހާ މޫދު ކުޅިވަރުތަކުން 15 ޕަސެންޓް ޑިސްކައުންޓު ލިބޭނެއެވެ.

ޕެކޭޖާއި ގުޅޭ އިސްތިހާރު

މޯލްޑިވިއަން އިން ވަނީ ގަމަށް ކުރާދަތުރުތައް ޢީދު ބަންދާއި ދިމާކޮށް އިތުރުކުރާނެކަމަށް ބުނެފައެވެ. އަދި އައްޑޫގައި ކުލަގަދަ ގޮތެއްގައި ޢީދު ފާހަގަ ކުރުމަށް އަންނަނީ ތައްޔާރީތައް ވަމުން ކަމަށް އައްޑޫ ސިޓީކައުންސިލުން ބުނެފައިވެއެވެ.

އެހެންކަމުން ރާއްޖޭގެ އެހެން ސަރަހައްދުތަކުން ޢާއިލާއާއިއެކު، އައްޑޫ އަށް ޒިޔާރަތްކޮށް އުފާވެރި ވަގުތުތަކެއް ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުޞަތަކަށް ވެގެންދާނެއެވެ.

އީކުއޭޓަރ ވިލެޖުން ބުނެފައިވަނީ މި ޕްރޮމޯޝަން ކުރިއަށް ދާނި 31 ޖުލައި އާއި ހަމައަށެވެ.

މިލިޔުމާއި ގުޅޭ:

އީކުއޭޓަރ ވިލެޖް ސާޓާ އެވޯޑްއަށް އަނެއްކާވެސް ނޮމިނޭޓްވެއްޖެ

ޓެގްސް: ދިވެހިރާއްޖޭގެ ރިސޯޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.