ސެމްސަންގް ކުންފުނީގެ އިމާރާތެއް

ވިޔަފާރި

ސެމްސަންގް ކުންފުނީގެ އޮސްޓްރޭލިއާ ބްރާންޗް އަށް 10 މިލިއަން ޑޮލަރުގެ ޖުރުމަނާ

ދާނިޝް - އޮސްޓުރޭލިއާ | 25 ޖޫން 2022 , ހޮނިހިރު 13:42   209

ސެމްސަންގް ކުންފުނީގެ އޮސްޓްރޭލިއާ ބްރާންޗް އަށް 10 މިލިއަން ޑޮލަރުން ގުރުމަނާ ކޮށްފިއެވެ. މިއީ ވޯޓާޕްރޫފް ފޯނެއް އިޝްތިހާރުކުރުމަށް ހިންގި ކެމްޕެއިނެއްގައި، ދޮގު މައުލޫމާތު ކަސްޓަމަރުންނަށް ދިން މައްސަލައަކާއި ގުޅިގެން ކުރި ޖުރުމަނާއެކެވެ.

ސެމްސަންގް އޮސްޓްރޭލިއާ އިން މާޗު 2016 އިން އޮކްޓޯބަރު 2018 އަށް ދެއްކި އިޝްތިހާރުތަކެއްގައި ވޯޓާޕްރޫފް ވާނެ ކަމަށް ބުނެ ފޯނުތަކެއް އިޝްތިހާރު ކުރިއެވެ. އެ ފޯނުތަކަކީ ގެލެކްސީ އޭ ސީރީޒްގެ ފޯނުތަކާއި އެސް ސެވަން ސީރީޒްގެ ފޯނުތަކާއި އަދި އެސް އެއިޓް ސީރީޒްގެ ފޯނުތަކެވެ.

މި އިޝްތިހާރު ތަކުގައި މި ފޯނުތަކަށް ވަނީ އައިޕީ68 ގެ ރޭޓިން ނުވަތަ 1.5 މީޓަރު ފެނު އަޑީގައި ފޯނަށް ފެންނުވަދެ، ގާތްގަޑަކަށް 30 މިނިޓް ވަންދެން ތިބޭނެ ފޯނު ތަކެއް ކަމަށް ބުނެފައެވެ.

ހަމައެހެންމެ އެ އިޝްތިހާރުތަކުގައި ވަނީ ސެމްސަންގްގެ ރަސްމީ ވެބްސައިޓްގައިވާ މައުލޫމާތާއި ހިލާފަށް އާންމުންނާއި ހަމަޔަށް މައުލޫމާތު ފޯރުކޮށްދީފައެވެ. މިގޮތުން ސެމްސަންގްގެ ބައެއް ވޯޓާ ރެޒިސްޓެންޓް ފޯނުތައް މޫދަށާއި ޕޫލަށް ލިޔަސް ހަލާކު ނުވާނެ ކަމަށް ބައެއް އިޝްތިހާރު ތައް ވަނީ ބުނެފައެވެ.

މި މައްސަލަ ކޯޓަށް ހުށެހެޅިގެން ދިޔައީ ސެމްސަންގް ގެލެކްސީގެ އުފެއްދުންތައް ބޭނުންކުރާ 100 އަށް ވުރެ ގިނަ މީހުން އެކަމާ ގުޅޭ ގޮތުން އޮސްޓްރޭލިއާގައި ވިޔަފާރިތަކުގެ ކަންކަން މޮނީޓާކުރާ "ދަ އޮސްޓްރޭލިއަން ކޮމްޕެޓިޝަން އެންޑް ކޮންޒިއުމާ ކޮމިޝަން" (އޭސީސީސީ) އަށް މައްސަލަ ހުށަހެޅުމާއި ގުޅިގެންނެވެ.

ޓެގްސް: ސެމްސުންގ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.