ހޮނިހިރު ދުވަހުގެ މެންދުރު، މުސުމާއިގުޅޭ ސެޓެލައިޓް ފޮޓޯއެއް ރާއްޖެ މަތިން

ހަބަރު

ދެކުނުގެ އަތޮޅުތަކަށް ކުރިއަށް އޮތް 4 ދުވަހު ވެސް ގަދަ ވަޔާއިއެކު ބޯވިއްސާރަ

އަލީ އަޒްޔަން - އަތޮޅު ތެރެއިން | 25 ޖޫން 2022 , ހޮނިހިރު 13:54   305

ދިވެހިރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ ވިއްސާރަކުރާނެކަމަށް ދިވެހި ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.

އެއޮފީހުން ބުނެފައިވަނީ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަ އެންމެބޮޑަށް ކުރާނީ ދެކުނާއި މެދުރާއްޖެތެރެއަށް ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވައިގަދަވާނެކަމަށް ވެސް ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ ހޯމަ ދުވަހާއި ހަމަޔަށް ވަރަށް ވިއްސާރަ ވާނެކަމަށެވެ. މޫސުން ރަނޅަގުވާން ފަށާނީ އަންގާރަ ދުވަހުން ފެށިގެންނެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު، އައްޑޫ އަދި ކާފު އަތޮރުގެ ބައެއް ރަށްތަކަށް ވާރޭ ވެހެމުންދާއިރު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ވ.ރަކީދޫ އަށެވެ. އެއީ 75 މމ ގެ ވާރެއެވެ.

ފާފު އަތޮޅުން އައްޑު އޮތޮޅައި ހަމަޔަށް ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެއެވެ.

އެހެންކަމުން ކަމާއިބެހޭ އިދާރާތަކުން، ކަނޑުދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް އެދިފައިވެއެވެ.

ޓެގްސް: ވިއްސާރަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.