އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް

ހަބަރު

ދުނިޔެ ކާބޯތަކެއްޗަށް ޖެހި ބަނޑުހައި ހޫނުކަމައި ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު އ.ދ. އިން ދީފި

ދާނިޝް - ދުނިޔެ | 25 ޖޫން 2022 , ހޮނިހިރު 20:36   318

މި އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިޔަން ބަޔަކު ކާބޯތަކެއްޗަށް ޖެހި، ބަނޑުހައި ހޫނުކަމާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ދެއްވައިފިއެވެ.

އޭނާ މި އިންޒާރު ދެއްވާފައި ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަޝަވަރު ކުރުމަށް މިހާރު ޖަރުމަން ވިލާތުގެ ބަރލިންގައި ކުރިއަށް ދަމުންދާ މަޝްވަރާ ބައްދަލުވުމުގައެވެ. މި ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުން ގުތްރޭޝް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ހާލަތު ދުވަހަކު ވެސް ދުނިޔެ ނުދެކޭ ފަދަ ހާލަތަކަށް ވެއްޓިދާނެ ކަމުގެ ބިރު ބޮޑު ކަމަށާއި، އެތައް މިލިޔަނަށް ބަޔަކު ބަނޑަށް ޖެހުމުގެ ކުލަވަރު މިހާރު ފެންނަމުންދާ ކަމުގައެވެ. ހަމަ އެއާއެކު އޭނާ ވިދާޅުވީ މޫސުމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެންވެސް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމުގައެވެ.

ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަވެސް މީގެ ބައެއް ކުޅޭ ކަމަށް އޭނާ ފާހަގަކުރިއެވެ. ގުތެރޭޝް އިތުރަށް ވިދާޅުވީ، މި އަހަރުގެ ފަހުކޮޅު ބައެއް ޤައުމުތަކުން ކާބޯތަކެއްޗަށް ޖެހޭނެ ކަމަށް ބެލެވޭ ކަމަށާއި، އަންނަ އަހަރުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ޤަބޫލު ކުރެވޭކަމަށެވެ. އަދި ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ސުލްހަވެރި ނިމުމެއް އައިސްގެން ނޫނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރެވެން ނެތް ކަމަށްވެސް ގުތެރޭޝް ވިދާޅުވިއެވެ.

ދުނިޔޭގެ ގޮވާން އެކްސްޕޯޓު ކުރުމުގެބާޒާރުގައި 29 އިންސައްތަ ހިއްސާ ކުރަނީ ޔޫކްރެއިނުންނެވެ. އަދި އެގައުމުގެ ގޮވާމުގެ ބާވަތްތައް މި އަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ވަނީ އެކްސްޕޯޓް ކުރުން މެދުކެނޑިފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި އ.ދ.އިން ގެންގުޅޭމިންގަނޑު ކަމުގައިވާ "އިންޓެގްރޭޓެޑް ފުޑް ސެކިޔުރިޓީ ފޭސް ކްލެސިފިކޭޝަން(އައި.ޕީ.ސީ)" އިން ދައްކާ ގޮތުގައި، 34 ޤައުމެއްގައި އެތައް މިލިޔަންބަޔަކަށް މިހާރުވެސް ވަނީ ބަނޑުހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައެވެ.

ޓެގްސް: ގްލޯބަލް ކްރައިސިސް އިގްތިޞާދީ ގޮންޖެހުންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.