ބަންގްލަދޭޝްގެ 3.5 މިލިއަނަށްވުރެ ގިނަ ކުޑަކުދިން ހާލުގައި ޖެހިފައި

ހަބަރު

ބަންގްލަދޭޝްގެ 3.5 މިލިއަނަށް ވުރެ ގިނަ ކުޑަކުދިން ސާފު ބޯފެނަށް ޖެހިފައި

ދާނިޝް - އޭޝިއާ | 26 ޖޫން 2022 , އާދީއްތަ 08:55   206

މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ބަންގްލަދޭޝްގެ އިރުއުތުރުގެ ސަރަޙައްދުތަކުގައި ފެންބޮޑުވެ، ސާފު ބޯފެނަށް ޖެހިފައިވާ ކުޑަކުދިންގެ އަދަދު 3.5 މިލިޔަނަށް ވުރެ ގިނަ ކަމަށް ޔުނިސެފުން ބުނެފިއެވެ.

ބަންގްލަދޭޝްގެ ޔުނިސެފު އޮފީހުގެ އޮފިޝަލެއް ކަމުގައިވާ ޝެލްޑަން ޔެޓް މީޑިއާ ތަކަށް މައުލޫމާތު ދިން ގޮތުގައި ގިނަ ސަރަޙައްދުތަކަކުން ސާފު ބޯފެނާއި ކާބޯތަކެތި ވަނީ ހުސްވެފައެވެ.

ބަންގްލަދޭޝްގައި ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ފަރުބަދަމަތީ ސަރަހައްދުތަކަށެވެ. މި ސަރަހައްދު ތަކުންވެސް އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އެގައުމުގެ ސިލްހަތު ސަރަހައްދަށެވެ. އެ ސަރަހައްދުގެ ސިއްހީ ހިދުމަތްދޭ ތަން ތަން ވެސް ވަނީ ފެންބޮޑުވުމުގެ ސަބަބުން ބަންދުކޮށްފައެވެ. އެހެންކަމުން ހާލުގައި ޖެހިފައިވާ މީހުންނަށާއި ކުޑަކުދިންނަށް އެހީތެރިވުމުގެ ގޮތުން މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ވަނީ ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

އެ ސަރަޙައްދުގައި ގެނބިގެން މަރުވި ކުޑަކުދިންގެއަދަދު ވަނީ 15 އަށް އަރާފައި ވާއިރު ފެނުން ޖެހޭ ބަލިތައްވެސް ދަނީ ހަލުވި ސްޕީޑެއްގައި އާންމުވަމުންނެވެ.

ޓެގްސް: ބަނގްލަދޭޝް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.