ހެއިލި ރޯޑު ބީބާ

މުނިފޫހިފިލުވުން

ހެއިލި ބީބާގެ ސްކިން ކެއަރ ލައިނާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފި

ދާނިޝް - އެމެރިކާ | 26 ޖޫން 2022 , އާދީއްތަ 11:05   250

ހެއިލީ ބީބާ ދާދިފަހުން ނެރުނު ސްކިން ކެއަރ ލައިން "ރޯޑު" އާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ "ރޯޑު" ގެ ނަމުގައި ކްލޯތިންގް ލައިނެއް ހިންގަމުން އަންނަ ދެ ރައްޓެހިންނެވެ. ޕަރްނާ ކަޓައު އާއި ފީބީ ވިކާސް ގެ މި ވިޔަފާރިއަށް މިހާރު ވަނީ 9 އަހަރު ފުރިފައެވެ. ކޯޓަށް ހުށަހެޅި މައްސަލައިގެ ދަށުން އެމީހުން އެދިފައިވަނީ ހެއިލީ އަތުން އެ ޓްރޭޑްމާކް ނަގައި އެ ލައިންގެ އުފެއްދުންތައް ވިއްކުން މަނާކޮށްދީ، "ރޯޑު" މި ނަން ބޭނުންކޮށްގެން ހެއިލީ އުފެއްދުންތައް ވިއްކުމުގެ ސަބަބުން އެމީހުންގެ ވިޔަފާރިއަށް ލިބުނު ގެއްލުމުގެ ބަދަލު ހެއިލީއަތުން ހޯދައި ދިނުމަށެވެ. މީގެ އިތުރުން "ރޯޑު" ކްލޯތިން ލައިނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މީގެ 4 އަހަރު ކުރިން ހެއިލީ ބީބާ އެމީހުންގެ ބްރޭންޑް ނޭމް ގަތުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ ކުންފުނިން އެކަމަށް އިންކާރު ކޮށްފައިވާ ކަމުގައެވެ.

ހެއިލީ ބީބާގެ ސްކިން ކެއަރ ލައިން ލޯންޗުކުރިތަނާ އަދި ދެ ހަފްތާ ނުވެއެވެ. މި ލައިން ލޯންޗުކުރުމަށް ފަހު ގުޑް މޯނިން އެމެރިކާ އަށް ހެއިލީ ދިން އިންޓަވިއު އެއްގައި އޭނާ ބުނެފައިވަނީ، "ރޯޑު" އެންނަ އޭނާގެ ސްކިން ކެއަރ ލައިނަށް ދިނީ އެނާގެ އާއިލާގެ ނަމާއި ގުޅުވުމަށް ކަމުގައެވެ. ހެއިލީ އާއި އޭނާގެ މަންމަގެ ނަމުގެ ވެސް މެދު ނަމަކީ "ރޯޑު" އެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.