ކަބީ ލޭމް

މުނިފޫހިފިލުވުން

ޓިކްޓޮކްގެ ރިކޯޑް ކަބީ ލޭމް މުގުރާލައިފި

ދާނިޝް - އެހެނިހެން | 26 ޖޫން 2022 , އާދީއްތަ 11:50   295

2 އަހަރު ދުވަސް ވަންދެން ޓިކްޓޮކްގެ އެންމެ ގިނަ ފޮލޯވަރުންގެ ރިކޯޑް ދެމެހެއްޓި ޗާލީ ޑި އެމީލިއޯގެ ރިކޯޑް ކަބާނީ (ކަބީ) ލޭމް މުގުރާލައިފިއެވެ.

ޓިކްޓޮކްގައި "ސައިލެންޓް ކޮމީޑީއަން" އެއްގެ ގޮތުގައި މަޝްހޫރުވި ކަބީގެ ފޮލޯވަރުންގެ އަދަދު މިހާރު ވަނީ 144.1 މިލިއަން ފޮލޯވަރުންނަށް އަރާފައެވެ. ނެށުމާއި އަދި ބިއުޓީއާ ގުޅޭ ކޮންޓެންޓުތައް އުފައްދައިގެން މަޝްހޫރުކަން ހޯދި ޗާލީގެ ފޮލޯވަރުންގެ އަދަދު މިހާރު ހުރީ 142.6 މިލިއަނުގައެވެ.

އުމުރުން 22 އަހަރުގެ ކަބީ ޓިކްޓޮކްއިން އާންމުންގެ ލޯބި ހޯދީ އެއްވެސް ވާހަކައެއް ދެއްކުމަކާއި ނުލައި އޭނާ ހަދަމުން އައި މަޖާ ވީޑިއޯތަކުންނެވެ.

ޓިކްޓޮކްގައި ދެ އަހަރު ދުވަސް ވަންދެން ދެމެހެއްޓި ރިކޯޑް ގެއްލުމާ މެދު މީޑިއާ ތަކާއި ވާހަކަ ދައްކަމުން ޗާލީ ބުނީ އޭނާގެ ރިކޯޑް ގެއްލުމުން ދެރަ ނުވާކަމަށާއި ކަބީ އަށް ލިބުނު ކާމިޔާބީ އާއި މެދު އޭނާ ވަރަށް އުފާވައި ކަމުގައެވެ.

"ނަންބަރ ވަން ދެ އަހަރު ދުވަސް ވަންދެން އޮތީ އަހަރެންގެ އަތުގަ. އެހެންމަ ދެން މިހާރު އެހެން މީހަކަށް އެ ޓައިޓަލް ލިބުން ހައްގު. އަދި އަހަރެން ވަރަށް ފަހުރުވެރި ވޭ ކަބީ އަށް މި ޓައިޓަލް ލިބުމުން. ކަބީ އަކީ ރަހުމަތްތެރި އެއް އެހެންކަމުން އެއްވެސް ހިތް ބުރަ ކަމެއް ނެތް. އަދި ކަބީ އަކީ ވަރަށް ހިތްހެޔޮ ރަނގަޅި މީހެއް." ޗާލީ މީޑިއާ ތަކާއި ވާހަކަ ދައްކަމުން ބުނިއެވެ.

ކަބީގެ މިކާމިޔާބީ އާއެކު އޭނާ ވަނީ ދުނިޔޭގެ ރިކޯޑު ފޮތުންވެސް ޖާގަ ހޯދައިފައެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.