ގަރެތު ބޭލް ދަނޑުމަތީގައި

ކުޅިވަރު

ގަރެތު ބޭލް އެމެރިކާ ލީގަށް

ދާނިޝް - ޔޫރަޕް | 27 ޖޫން 2022 , ހޯމަ 08:41   330

ރެއާލް މެޑްރިޑާއެކު ހަދައިފައިވާ އެއްބަސްވުން ހަމަވުމާއެކު އެ ޓީމަށް ކުޅެމުން ދިޔަ ވޭލްސްގެ ގައުމީ ޓީމުގެ ކެޕްޓަން ގަރެތު ބޭލް ހިލޭ ޓްރާންސްފާގައި އެމެރިކާގެ މޭޖާ ލީގް ސޮކާގެ ލޮސް އެންޖެލެސް އެފްސީ އަށް ބަދަލުވާން ނިންމައިފިއެވެ.

32 އަހަރުގެ ގަރެތު ބޭލް ރެއާލަށް ކުޅެންފެށީ 2013 ވަނަ އަހަރު 85 މިލިއަން ޕައުންޑަށެވެ. އަދި އޭނާ ވަނީ ރެއާލް އާއެކު މިހޭދަވި އަހަރު ތަކުގައި މޮޅު ކުޅުމެއް ދައްކައި، ޓީމާއެކު

ޔޫއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށް، ރެއާލް މެޑްރިޑްގެ ލެޖެންޑުންގެ ލިސްޓުންވެސް ޖާގަ ހޯދައިފައެވެ.

ގިނަ ބަޔަކު ގަބޫލުކުރަމުން ދިޔައީ ގަރެތު ބަދަލުވާނީ އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާ ނުވަތަ އުފަން ރަށަށް ނިސްބަތްވާ ކާޑިފް ސިޓީ އަށެވެ.

ރެއާލް މެޑްރިޑްގައި 600،000 ޕައުންޑް ހަފްތާގެ ރޭޓުން މުސާރަ ލިބެމުން ދިޔަ ބޭލް ވަނީ އިނގިރޭސި ދެވަނަ ޑިވިޝަނުގައި ކުޅޭ ކާޑިފް ސިޓީގެ ޕްރީސީޒަން ފަރިތަކުރުން ތަކުގައިވެސް މިދިޔަ ހަފުތާގައި ބައިވެރި ވެފަ އެވެ. އަދި ކާޑިފް ސިޓީއާއެކު އޭނާގެ އެޖެންޓުން ވެސް މަޝްވަރާ ކުރިކަމަށް މީޑީއާ ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ބޭލް ވަނީ ވޭލްސް ގައުމީ ޓީމުން ރިޓަޔާ ވާންވެސް ނިންމައިފައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.