އެންމެފަހުން ޢީދު ފާހަގަކުރުމަށްޓަކައި ބޭއްވުނު ޙަރަކާތްތަކުގެ ތެރެއިން މޫދު ކުޅިވަރު

ހަބަރު

އައްޑޫގައި ޢީދު، ހަވާއެރުވުން އަދި މަޝްހޫރު ފަންނާނުންނާއި އެކު މިއުޒިކް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 27 ޖޫން 2022 , ހޯމަ 11:12   466

ކުރިއަށް އޮތް އަލްހާޢީދާއި ދިމާކޮށް ބޭއްވޭ ކުޅިވަރު ޙަރަކާތްތަކަކީ، މިހާތަނަށް އައްޑޫގެ ތާރީޚުގައި ވެސް ނުބޭއްވޭ ފަދަ ބޮޑު ޙަރަކާތްތަކަކަށް ވެގެންދާނެކަމަށް އައްޑޫ ސިޓީ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައިވަނީ، ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގެ ތެރެއިންނެވެ. އަދި އިތުރަށް ވިދާޅުވީ، ހަފްތާއެއްހާ ދުވަހަށް ދިގުދެމިގެންދާ މިޙަރަކާތްތަކާއިއެކު، އައްޑޫގައި އިޖްތިމާޢީކަންކަމުގެ އާފެށުމެއް ފެށިގެންދާނެކަމަށެވެ. އެކުވެރިކަމާއިއެކު، ރައްޔިތުންނާއި ގުޅުން ބަދަހިކުރުމާއި، ކުރިން ކުޅެފައިވާ ބައެއް ކުޅިވަރުތައް އާލާކުރުމަކީ ވެސް މި ޙަރަކާތްތަކުގެ މަގްޞަދުތަކުގެ ތެރޭގައި ހިމެނޭކަންކަމެވެ.

މިފަހަރު އައްޑޫގެ ހުރިހާ ރަށެއްގައި ވެސް ޢީދު ދުވަހާއި ދިމާކޮށް، އީދު މަޅިލުމާއި، ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމާއި ޢީދު ސައި އޮންނާނެއެވެ. އަދި ޢީދު ސަޔަށް ފަހު އުލްޙިޔާ ކަތިލުން ވެސް ހުރިހާ ރަށެއްގައި ކުރިއަށްދާނެއެވެ.

ހިތަދޫގައި މަޅިލުން އޮންނާނީ ސިޓީ ސްކުއަރ ކުރިމަތިންނެވެ. އަދި އުލްހިޔާ ކަތިލުން އޮންނާނީ ސިޓީ ބާޒާރު ސަރަޙައްދުގައެވެ.

ބަކަރިތައް ގެނައުމުގެ މަސައްކަތް މިހާރުކުރިއަށް އެބަދޭ. ދެތިން ދުވަހެއްގެ ތެރޭގައި ގެނެވޭނެ.

~ އައްޑޫ ސިޓި މޭޔަރ، އަލީ ނިޒާރު

ޢީދު ދުވަހުގެ ޙަރަކާތްތަކަށް ބަލާއިރު، ފެންމަޖާ އާއި އެކު ވަރަށް ބޮޑު އިވެންޓެއް އޮންނާނެއެވެ. ފެނާއި ކުލަޖެހުން އޮންނާނީ ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއްގައި، އާންމު މީހުންނަށް އުނދަގޫ ނުވާނެފަދަގޮތަކަށެވެ.

ހައްބޯރާހި ޕެރޭޑް (މާލި ޕެރޭޑްގޮތަށް ބޭއްވޭ ޕެރޭޑެއް) ހިތަދޫގައި 11 ވަނަ ދުވަހު، އަދި 12 ވަނަ ދުވަހު އެހެން ރަށްރަށުގައި އޮންނާނެއެވެ.

ޢާއިލީ ހަވީރެއް 13 ވަނަ ދުވަހު ހިތަދޫ ސިޓީ ސްކުއަރގައި، ކުޑަކުދިންގެ މެދުގައި މަޤްބޫލު ރޮބޯމޭން ކެރެކްޓަރ އާއިއެކު އޮންނާނެއެވެ. އަދި 14 ވަނަ ދުވަހު ބޮޑުމަސް ބޭނުމުގެ އިވެންޓެއް ހިތަދޫ ސިޓި ސްކުއަރގައި އޮންނާނެއެވެ. މިފަހަރު މިބޭއްވޭ ކުޑަކުދިންގެ ހަވީރަކީ އައްޑޫގައި މިހާތަނަށް ބޭއްވޭ އެންމެބޮޑު ހަވީރަށް ވެގެންދާނެކަމަށް ވެސް މޭޔަރ ނިޒާރު ވިދާޅުވެފައިވެއެވެ.

މިފަހަރުގެ އީދު ޙަރަކާތްތަކުގެ ތެރެއިން އެންމެބޮޑު އެއް ޙަރަކާތަކަށް ވެގެންދާނީ، 15 ވަނަ ދުވަހު ބޮޑު ހިތަދޫގައި ބޭއްވޭ ފަންނާނުންގެމިއުޒިކް ޝޯއެވެ. މިޝޯގައި ރާއްޖޭގެ މޮޅު އަދި މަޝްހޫރު ފަންނާނުން ހިމެނޭނެއެވެ. މީގެތެރޭގައި މޯލްޑިވިއަން އައިޑަލްގެ ޝަލަބީ އާއި ރާފިއަތު ރަމީޒާގެ އިތުރުން، އައްޑޫގެ ބޭންޑްތައް ހިމެނިގެންދާނެއެވެ. އަދި ޝޯ އޮންނަ ރޭ އާދަޔާއި ޚިލާފު އަލިފާނުގެ ކުޅިވަރާއި، ހަވާ އެރުވުން ވެސް އޮންނާނެއެވެ.

އެހެނިހެން ޙަރަކާތްތަކުގެތެރޭގައި :

  • ބައިބަލާ މުބާރާތެއް 9 ވަނަ ދުވަހުން ފެށިގެން ހިތަދޫ ޔޫތް ސެންޓަރު ސަރަޙައްދުގައި
  • ވާދެމުމުގެ މުބާރާތެއް މަރަދޫ ފަސްގަނޑުގައި 9 ވަނަ ދުވަހުގެ ރޭ (ޢީދު ދުވަހުގެ ރޭ)
  • މިކްސް ވޮލީ ބޯލް މުބާރާތެއް މަރަދޫ ފޭދޫގައި އީދު ދުވަހު ފެށިގެންދާނެ
  • ބައިސްކަލް ރޭހެއް ޢީދުދުވަހު ހިތަދޫ ބޮޑުމަގުގައި ފެށިގެންދާނެ
  • އައްޑޫ ޓްރެއިލް ރަން އެއް، 10 ކިލީމީޓަރުގެ ހުޅުދޫގައި

އައްޑޫގެ ތާރީޚްގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރުތަކެއް ބޭއްވިގެން މިދަނީ. މިފަދަ ޙަރަކާތްތަކުގެ ސަބަބުން އައްޑޫގެ ފަތުރުވެރިކަމަށާއި އިގްތިޞާދަށް ވެސް އަަސަރުތަކެއް ކުރާނެ.

~ އައްޑޫ ސިޓި މޭޔަރ، އަލީ ނިޒާރު

އެންމެފަހުން ބޭއްވުނު މާލި ޕެރޭޑްގެ މަންޒަރެއް
އެންމެފަހުން ބޭއްވުނު ޙަރަކާތްތަކުގެ ތެރެއިން ލެންތަރންއެރުވުން

އައްޑޫގެ ރައްޔިތުންނާއި ޖަމްޢިއްޔާ ޖަމްއިއްޔާތަކުން ވީހާވެސް ބޮޑަކަށް މިކުޅިވަރުތަކުގެ ބައިވެރިވެ އެއްބާރުލުން ދެއްވުމަށް މޭޔަރ އެދިވަޑައިގެންފައިވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.