މުދާ އުފުލާ ބޯޓުފަހަރުތަކެއް

ވިޔަފާރި

މިދިޔަ މަހު އިންޕޯޓް އަދި އެކްސްޕޯޓުން ދައުލަތައް 300 މިލިއަން ރުފިޔާގެ އާމްދަނީއެއް

ދާނިޝް - ދިވެހި ރާއްޖެ | 27 ޖޫން 2022 , ހޯމަ 19:33   412

ރާއްޖެއިން މިދިޔަ މަހު ބޭރުކުރި މުދަލާއި އެތެރެކުރި މުދަލުގެ ޢަދަދު އިތުރުވެ އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ %26 އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި 2021ގެ މެއިމަހު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން 239 މިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބުނެވެ. އަދި މިއަހަރުގެ މެއިމަހާއި ހިސާބަށް މި ޢަދަދުވަނީ 300 މިލިއަން ރުފިޔާއަށް އަރާފައެވެ. އިންޕޯޓް ކޮށްފައިވާ މުދަލުގެ މިންވަރަށް ބަލާއިރު 2021ގެ މެއި މަހާއި ހަމައަށް 2.9 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި މިއަހަރުގެ މެއި މަހުގެ ނިޔަލަށް މި އަދަދު ވަނީ 4.4 ބިލިއަނަށް އިތުރުވެފައެވެ. އެކްސްޕޯޓް ކޮށްފައިވާ މުދަލުގެ މިންވަރަށް ބަލައި އިރު 2021ގެ މެއި މަހާއި ހިސާބަށް ރާއްޖެއިން 515 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށް ފައެވެ. އަދި މިއަހަރުގެ އެ ހިސާބަށް 719 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއަށް މުދާ ހިފައިގެން 85 އުޅަނދެއް އައިސްފައިވެއެވެ. އަދި 114 އުޅަނދެއް ފުރާފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓުކޮށްފައިވަނީ އިނގިރޭސިވިލާތް. ތައިލެންޑް، ފްރާންސް، އިންޑިއާ އަދި ޖަރުމަން ވިލާތަށެވެ. މިގޮތުން އެންމެ ގިނަ މުދާ ބޭރުކޮށްފައިވަނީ ތައލެންޑަށެވެ. އެއީ ބޭރުކުރި މުދަލުގެ ޖުމުލަ %58އެވެ.

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޗައިނާ، ޔޫ.އޭ.އީ، ސިންގަޕޫރުންނެވެ. އެގޮތުން އޮމާން އިން 783 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 650 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާ އިން 447 މިލިއަން ރުފިޔާގެ މުދާ، ޔޫ.އޭ.އީ އިން 426 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯރއިން 387 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ޓެގްސް: އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.