އެމެރިކާގައި ކުރެވުނު މުޒާހަރާ ތަކެއްގެ ތެރެއިން

ދުނިޔެ

އެމެރިކާގެ ރައްޔިތުނަށް ހަތިޔާރު ގެންގުޅުމުގެ ގާނޫނަށް ބަދަލުތަކެއް ގެނެސްފި

ދާނިޝް - އެމެރިކާ | 30 ޖޫން 2022 , ބުރާސްފަތި 08:51   289

އެމެރިކާގައި ރައްޔިތުންނަށް ހަތިޔާރު ގެންގުޅުމަށް ޤާނޫނަށް ބަދަލުތަކެއް ގެނެސް، އެ ގާނޫނުން ލިބިދޭ ޙައްޤު ހަނިކުރާ ބިލެއް އެމެރިކާގެ ރައީސް ޖޯ ބައިޑަން ތަސްދީގު ކުރައްވައިފިއެވެ.

މި ދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގައި ދިން ބަޑީގެ ހަމަލާތަކެއްގައި 30 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މީގެ ތެރޭގައި ސްކޫލެއްގެ 19 ދަރިވަރުން ވެސް ހިމެނެއެވެ. މި ހާދިސާ ތަކާއި ގުޅިގެން އެމެރިކާގައި ސިލްސިލާ ގޮތެއްގައި އާންމުން ނިކުމެ ގާނޫނުން ލިބިދޭ ހަތިޔާރު ބޭނުންކުރެވުމުގެ ހައްގާއި ދެކޮޅަށް މުޒާހަރާކޮށް އެއްވުންތައް ބޭއްވުނެވެ.

ތަސްދީޤު މިކުރެވުނު ބިލާއެކު މާރާމާރީއާއި ގެވެށި އަނިޔާގެ ކުށް ސާބިތުވެފައިވާ މީހުންނަށް ހަތިޔާރު ވިއްކުން މަނާ ވާނެއެވެ. އަދި، މިހާރު ހަތިޔާރު ގެންގުޅޭ މީހުންގެ ތެރެއިންވެސް އެހެން މީހުންނަށް ނުރައްކަލެއްގެ ގޮތުގައި ބެލެވޭ މީހުންގެ އަތުން ހަތިޔާރު އަތުލެވޭނެއެވެ. ހަމައެހެންމެ، ހަތިޔާރު ވިއްކުމުގެ ކުރިން ހަދަން ޖެހޭ ބެކްގްރައުންޑް ޗެކްތައް ހެދުމަށް އިތުރަށް ފަސޭހަ ވެގެންދާނެއެވެ.

ހަތިޔާރު ގެންގުޅުމުގެ ޙައްޤު ހަނިކުރުމަށް އެމެރިކާގެ ރައީސް ނިސްބަތްވާ ޑިމޮކްރެޓް ޕާޓީން މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ފާއިތުވެފައި ވީނަމަވެސް މިއީ މިހާރުގެ ސަރުކާރާއި ދެކޮޅު ރިޕަބްލިކަން ޕާޓީން ޤަބޫލު ބަދަލެއް ނޫނެވެ. އަދި މި ބިލު ތަސްދީޤު ވެގެން މިދިޔައީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން ހަތިޔާރު ގެންގުޅޭ މީހުންގެ ޙައްޤުތައް އިތުރަށް ފުޅާ ކުރަން އެ ޤައުމުގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ވަނިކޮށެވެ.

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.