ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު

ހަބަރު

އައިޑީ ކާޑުގެ ޑިޒައިނަށް ބަދަލުތަކެއް ގެންނަން ނިންމައިފި

ދާނިޝް - ދިވެހި ރާއްޖެ | 28 ޖޫން 2022 , އަންގާރަ 08:33   135

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކުރަން ނިންމައިފިކަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު އިއުލާންކޮށްފި އެވެ. އެއާއެކު އެ ކާޑު ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަންވެސް ޑީއެންއާރުން ވަނީ އިއުލާނު ކޮށްފައެވެ.

މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ ސަލާމަތީ ގޮތުން ފުރިހަމަ، އިތުބާރާއި ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާތަކާއެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރަން ހަމަޖެހިފައިވާ ކަމުގައެވެ. އަދި މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޑީއެންއާރަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ.

އައިޑީ ކާޑު ޑިޒައިން ކުރާނެ ފަރާތެއް ހޮވާނީ އެ ފަރާތުގެ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަ ކަމަށް ބެލުމަށް ފަހުގައެވެ. މީގެ އިތުރުން ޕްރޮޕޯޒަލް ހުށަހަޅައި ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ތިން ފަރާތަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ރަސްމީ ލިޔުމެއް ލިބުމާއެކު އެންމެ ފުރިހަމަ ޑިޒައިނެއް ހުށަހަޅާއި ފަރާތަކަށް 200،000ރ. ގެ އިނާމެއް ލިބޭނެކަމަށް ވެސް މި އިއުލާނުގައި ވެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 21 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

އައިޑީކާޑުގެ ޑިޒައިން ބަދަލުކުރަން ނިންމާފައިވާއިރު މިއީ ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޑީއެންއާރުން ބުނެއެވެ. އެ ޑިޕާޓްމަންޓުން ބުނިގޮތުގައި ހުށަހަޅާ ޑިޒައިންތައް އާންމުކޮށް ހުޅުވާލާ މައުރަޒެއްގައި ވެސް ދައްކާލާނެ އެވެ.

ޓެގްސް: އިމިގްރޭޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.