މަޝްހޫރު މޯލްޑިވިއަން އައިޑަލްގެ ތަރި ޝަލަބީ އިބްރާހިމް

ހަބަރު

ހަވާއެރުވުމާއި މިއުޒިކްޝޯ ކެންސަލްކޮށްފި

އަލީ އަޒްޔަން - ކ. މާލެ | 28 ޖޫން 2022 , އަންގާރަ 07:48   508

މުޅި ރާއްޖޭގައި ވެސް ބޭއްވުމަށް ތައްޔާރުވަމުން އައި އެންމެ ކުލަގަދަ ބޮޑު ޢީދު ޙަރަކާތްތައް މާލެ ސަރަޙައްދުގައި ކުރިއަށް ނުގެންދިއުމަށް އެޗްޑީސީއިން ނިންމައިފިއެވެ.

އެޗްޑީސީއިން މިގޮތަށް ނިންމީ އެކުންފުނިން ކޮށްފައިވާ އިޢްލާނެއްގައެވެ. އެއިޢްލާނުގައިވާގޮތުން ކުރިން ވަރަށް ކުލަގަދަކަށް ކުރިއަށް ގެންދިއުމަށް ރޭވިނަމަވެސް ރާއްޖޭގެ ކޮވިޑްގެ ޙާލަތު ގޯސްވަމުންދާތީ ގިނަމީހުން އެއްވެ އުޅޭ ޙަރަކާތްތައް ނުބޭއްވުމަށް އެކުންފުނިން ނިންމާފައިވާކަމަށެވެ.

އެހެންކަމުން މިފަހަރުގެ ބޮޑު ޢީދުގައި ގިނަބަޔަކު އުއްމީދުކުރަމުން އައި ހަވާ އެރުވުމާއި މިއުޒިކް ޝޯ ބޭއްވުން މިފަހަރުވެސް ނޯންނާނެއެވެ.

އެކަމަކު އެހެން ބައެއް ޙަރަކާތްތައް ކުރިއަށް ގެންދަން މަސައްކަތް ކުރާނެކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

ރާއްޖޭގެ އެހެން ބައެއް ކަންކޮޅުތަކުގައި ވެސް ބޮޑު ޢީދު ފާހަގަކުރުމަށްޓަކައި ގިނަ ތައްޔާރީތަކެއް އަންނަނީ ވަމުންނެވެ.

ޓެގްސް: ޢީދު ފާހަގަކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.