ކޯވިޑް ސާމްޕަލް ނަގަމުންދާ މަންޒަރެއް

ހަބަރު

ކޯވިޑް ކޭސްތައް އިތުރުވުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އިތުރުކޮށްފި

ދާނިޝް - ދިވެހި ރާއްޖެ | 29 ޖޫން 2022 , ބުދަ 07:17   161

އަނެއްކާވެސް ކޯވިޑް ކޭސްތައް އިތުރުވަމުން ދާތީ ސިއްޙީ ޚިދުމަތްދޭ ތަންތަނާއި އަދި އާއްމު އެހެނިހެން ޚިދުމަތްދޭ ބައެއް ތަންތަނުގެ ރައްކާތެރިކަމުގެ ފިޔަވަޅު އިތުރުކޮށްފިއެވެ.

ވޭތުވެދިޔަ ހަފްތާގައި ރާއްޖޭގައި ކޯވިޑްގެ އަދަދުތައްވަނީ 1202 އަށް ވުރެ ގިނަ ވެފައެވެ. އެއީ އޭދެ ކުރީ ހަފްތާއާއި ބަލައި އިރު ވަރަށް ބޮޑު އުތުރުވުމެކެވެ. އެ ހަފްތާގައި ރިޕޯޓުކޮށްފައިވަނީ 400 ކޭސް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މީގެ އިތުރުން ބަލި ޖެހުމުގެ ސަބަބުން އެޑްމިޓް ކުރާ މީހުންގެ އަދަދުވެސް ވަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅު ތަކުގެ ތެރެއިން އައިޖީއެމްއެޗްގައި ބަލިމީހުންނަށް ޒިޔާރަތްކުރެވޭ ވަގުތުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބަލިމީހުންނަށް ޒިޔާރަތް ކުރެވޭ ވަގުތު ކުރުކޮށް މިހާރު ބަލިމީހުން ކައިރިއަށް ޒިޔާރަތް ކުރެވޭނެ ވަގުތަކީ ހަވީރު 05:00 އިން ރޭގަނޑު 07:00 އަށެވެ. ހަމަ މިއާއެކު ހޮދްޕިޓަލުގެ ޙިދުމަތްތައް ހޯދުމަށް ދާއިރު ވީހާވެސް މަދު އެހީތެރިން ގެންދިއުމަށް ވަނީ އިލްތިމާޒު ކޮށްފައެވެ.އެއަރޕޯޓާއި އެހެނިހެން ޚިދުމަތްދޭ ތަންތަނުންވެސް އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާޒު ކުރަމުންނެވެ. މީގެ ތެރޭގައި ހުރިހާ ވަގުތެއްގައި މާސްކް އެޅުމާއި އަދި އެއަރޕޯޓަށް މީހުން ފުރުވަން ދިއުމުގައިވެސް ވީހާވެސް މަދު ބަޔަކު ދިޔުން ހިމެނެއެވެ.

ޓެގްސް: ކޮވިޑް19
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.