ސެލީނާ ގޯމޭޒް

މުނިފޫހިފިލުވުން

ސެލީނާގެ އައު އަލްބަމެއް ނެރެން ތައްޔާރުވެއްޖު

ދާނިޝް - އެމެރިކާ | 29 ޖޫން 2022 , ބުދަ 18:56   247

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އޭނާގެ އައު އަލްބްމެއް ނެރެން ތައްޔާރު ވެއްޖެކަން ހާމަކޮށްފިއެވެ.

ސެލީނާ މިކަން ހާމަކޮށްފައި ވަނީ އޭނާގެ އައި ޓީވީ ސީރީޒް "އޮންލީ މާޑާސް އިން ދަ ބިލްޑިންގް" ގެ ދެވަނަ ބައިގެ ޕްރިމިއާ ހަފްލައިގައި މީޑިއާ ތަކަށް ދިން އިންޓަވިއުއެއްގައެވެ. ސެލީނާ ބުނި ގޮތުގައި އައު މިއުޒިކް އަލްބަމެއްގެ މަސައްކަތް ފަށައިފި ކަމުގައެވެ. އަދި ކިތައްމެ ބުރަކޮށް އޭނާ މި ދުވަސްކޮޅު މަސައްކަތް ކުރަން ޖެހުނަސް ސްޓޫޑިއޯގެ މަސައްކަތް ކުރަން ވަރަށް ގަޔާވާކަން އޭނާ ފާހަގަކުރިއެވެ.

މި އަލްބަމް ވެގެންދާނީ މިދިޔަ އަހަރު މާރިޗުމަހު ނެރުނު ސްޕެނިޝް ލަވަ "ރެވްލިޝަން" އަށްފަހު ސެލީނާ ނެރޭ ފުރަތަމަ އަލްބަމަށެވެ. އަލްބަމް ރިލީޒް ކުރާނެ ވަކި ތާރީހެއް ސެލީނާ އަދި ހާމައެއް ނުކުރެއެވެ.

ޓެގްސް: މިއުޒިކް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.