ސައުދީން ނަގާ ޓެކްސްގެ އަދަދުތައް އިތުރުވުމާއި ގުޅިގެން ޙައްޖުގެ އަޅުކަމަށް ހޭދަކުރަންޖެހޭ ފާއިސާގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ދައްކައިފިއެވެ. ޙައްޖާޖީންގެ ކަންކަން ފުރިހަމަ ކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ނަގާ "ވެލިއު-އެޑެޑް ޓެކްސް" (ވީ.އޭ.ޓީ)ގެ ރޭޓު ވަނީ 5 އިންސައްތައިން 15 އިންސައްތައަށް ބޮޑުވެފައެވެ.
މިދިޔަ އަހަރު ކޯވިޑްގެ ބަލިމަޑުކަމާ އެކު ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުނަށް ބައިވެރި ވުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ސަޢޫދީ ޢަރަބިއްޔާއިން ފުރުޞަތު ހުޅުވައިލާފައިވާ ވެއެވެ.
ރާއްޖެއަށް މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރި ވުމަށް ލިބުނީ 453 ކޯޓާއެވެ. ކޮވިޑް-19ގެ ކުރިން ޙައްޖުގެ އަޅުކަމަށް ނަގާފައިވަނީ 69,000 ރުފިޔާއެވެ. ނަމަވެސް، މި އަހަރު މިއަދަދުން ގާތްގަޑަކަށް 10،000 ރުފިޔާ ވަނީ ބޮޑުވެފައެވެ. އެއީ ގާތް ގަނޑަކަށް 150،000 ޑޮލަރެވެ.
ޢަރަބި ޤައުމުތަކަށް ބަލައި އިރު ޙައްޖުގެ އަޅުކަމަށް ދަތުރުކުރުމަށް އެންމެ ކުޑަ ފީއެއް ދައްކަން ޖެހެނީ އޮމާނުގެ ރައްޔިތުންނެވެ. އަދި އެވުރެޖުކޮށް އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ޤަޠަރުގެ ރައްޔިތުންނަށެވެ. އޮމާނުން ޤައުމުގެ ކޮންމެ ޙައްޖާޖީއަކު ދައްކަން ޖެހެނީ 1,797 ޑޮލަރެވެ. އަދި ޤަތަރުން ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކޮށް ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ކޮންމެ ޙައްޖާޖީއަކު 10,971 އެމެރިކާ ޑޮލަރު ހޭދަކުރަން ޖެހެއެވެ. ޙުދު ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތުން ވެސް 3,198 އެމެރިކާ ޑޮލަރު ހޭދަކުރަން ޖެހެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ތަކެތީގެ އަގުތައް އުފުލެމުން ދާދިއުމުން ޙައްޖަށް ދިޔުމަށް ކުރަން ޖެހޭ ހޭދަ ވެސް މި ވަނީ އިތުރުވެފައެވެ. ތެލުގެ އަގުތަކާއެކު ވައިގެ އުދުހުންތަކާއި އެއްގަމު ދަތުރުފަތުރުގެ އަގު ވެސް މިވަނީ އުފުލިފައެވެ.