ޖޯ ބައިޑެން އޭނާގެ އަނބިކަނބަލުންނާއި ދަރިކަނބަލުން

ދުނިޔެ

ޖޯ ބައިޑެންގެ އަނބިކަނބަލުންނާއި ދަރިކަނބަލުން ރަޝިއާގެ ބްލެކްލިސްޓަށް އަރައިފި

ދާނިޝް - އެމެރިކާ | 30 ޖޫން 2022 , ބުރާސްފަތި 12:45   197

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަނބިކަނބަލުން ޖިލް ބައިޑަން އާއި ދަރިކަނބަލުން އޭޝްލީ ބައިޑަން ރަޝިއާގެ ބްލެކްލިސްޓަށް އަރުވާފިއެވެ.

މި ފިޔަވަޅަކީ އެމެރިކާގެ ސަރުކާރުން ރަޝިއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން ބަދަލު ހިފުމުގެ ރޫހުގައި ކުރި ކަމެއް ކަމަށް ލަފާކުރެވެއެވެ. ރަޝިއާގެ މި ނިންމުމާ ގުޅިގެން އޭޝްލީ އަދި ޖިލްއަށް ނުރައްކަލެއް ނެތް ނަމަވެސް، އެ ދެމައިންނަށް ރަޝިއާއަށް އެރުމާއި އެ ގައުމާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާ އެކު އެއްވެސް ޒާތެއްގެ މުއާމާލާތެއް ކުރެއްވުމަށް މަނާވާނެއެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް އެމެރިކާ އިސްކޮށް ޔޫރަޕްގެ އެހެން ގައުމުތަކާއި ގުޅިގެން އަންނަނީ ރަޝިއާ އަށް ހުރިހާ ގޮތަކުން ވެސް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. މިގޮތުން ދުނިޔޭގެ މާލީ ނިޒާމުން ރަޝިއާ ބޭރުކުރުމާއި އެ ގައުމުގެ ހަކަތައަށް ބަރޯސާ ކުރުން ހުއްޓާލައި ރަނުގެ ވިޔަފާރިވެސް ވަނީ ހުއްޓާލައިފައެވެ.

މިއީ އިގްތިސާދީ ގޮތުން ރަޝިއާ ބަލިކަށި ކުރުމަށް އެޅި ފިޔަވަޅު ތަކެއް ނަމަވެސް މި ފިޔަވަޅުތަކުގެ ސަބަބުން ގެއްލުން ވާނީ ރަޝިއާއަށް ނޫން ކަމަށާއި، އެކަމުގެ ހިތި ރަހަ ލިބޭނީ މުޅި ދުނިޔޭގެ މާލީ ނިޒާމަށް ކަމަށް ރަޝިއާއިން ބުނެއެވެ.

ޓެގްސް: ރަޝިއާ އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.