ކާސަން ޕިކެޓް ދަނޑުމަތީގައި

ކުޅިވަރު

ކާސަން ޕިކެޓް އެމެރިކާގެ ގައުމީ ޓީމަށް

ދާނިޝް - އެމެރިކާ | 1 ޖުލައި 2022 , ހުކުރު 13:41   259

އަންހެނުންގެ ފުޓުބޯޅާގައި ވިދަމުން އަންނަ ކުޅުންތެރިއެއް ކަމަށްވާ ކާސަން ޕިކެޓްއަށް އެމެރިކާގެ ގައުމީ ޓީމުން ޖާގަ ލިބިއްޖެއެވެ.

ޕިކެޓްވަނީ އިއްޔެ (29 ޖޫން) ގައި އެމެރިކާ އަދި ކޮލަމްބިއާކުޅުނު އެކުވެރިކަމުގެ މެޗްގައި އެއްކޮށް ކުޅެފައެވެ. މިމެޗް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމެރިކާއެވެ. މެޗްގެ ފުރަތަމަ ލަނޑަކީ ކޮލަމްބިއާގެ މަނުއެއްލާ ވަނެގާސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ދެވަނަ ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި އެމެރިކާއަށް ކާމިޔާބު ކޮށްދިނީ ކެލީ އޯހާރާއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޕިކެޓް ވަނީ ގައުމީ ޓީމުން ފުރުސަތު ލިބުމާމެދު ވަރަށް އުފާ ފައުޅުކޮށްފައެވެ. އަދި މިއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމުގައި ސިފަކޮށްފައެވެ.

އުމުރުން 28 އަހަރުގެ ޕިކެޓް އުފަންވިއިރު އޭނާގެ ވައަތުގެ އޮޅަނބޮށިން ތިރި މަދެވެ. އެއާ އެކު އޭނާގެ ކެރިއަރުގައި ބޮޑެތި ޖޮންޖެހުންތަކަކާއި ކުރމަތި ލާން ޖެހުނަސް އޭނާ އަކީ ވަރަށް މޮޅޮ ކުޅުންތެރިއެކެވެ. އެގޮތުން ޕިކެޓްއަކީ އެމެރިކާގެ ނޭޝަނަލް ވިމެންސް ސޮކަރ ލީގުގެ ނޯތު ކެރޮލީނާ ކަރޭޖްއަށް ކުޅެމުން އަންނަ ޑިފެންޑަރެކެވެ. އަދި ނީ އެކްލަބަށް 100 ވަނީ މެޗްވެސް ކުޅެދީ، މިދިޔަ ސީޒަންގައި ލީގުގެ އެންމެ މޮޅު އެގާރަ ކުޅުންތެރިންގެ ތެރޭގައިވެސް އޭނާވަނީ ހިމެނިފައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.