ކެމެރަން ޑިއޭޒް

މުނިފޫހިފިލުވުން

ކެމެރަން ޑިއޭޒް އަލުން ފިލްމީ ދާއިރާއަށް

ދާނިޝް - އެމެރިކާ | 2 ޖުލައި 2022 , ހޮނިހިރު 16:25   168

އެމެރިކާގެ މަޝްހޫރު ފިލްމީ ތަރި ކެމެރަން ޑިއޭޒް އަލުން ފިލްމީ ދާއިރާއަށް ނިކުންނަން ނިންމައފިކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެގެންދިޔައީ ހޮލީވުޑްގެ މަޝްހޫރު އެކްޓާރު އަދި މިއުޒީޝަން، ޖޭމީ ފޮކްސް އޭނާގެ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓަކުންނެވެ. އެ ޕޯސްޓްގައި ވަނީ ޑިއޭޒް އާއި ފޮކްސްގެ ފޯން ކޯލް ރިކޯޑިންގް އެކެވެ. އެ ރިކޯޑިންގް ގައި ޑިއޭޒް ބުނެފައިވަނީ އަލުން ފިލްމީ ދާއިރާއަށް ނިކުތުމަށް ކުޑަކޮށް ޖެހިލުންވާ ކަމުގައެވެ. ނަމަވެސް އެކްޓިން އަކީ އޭނާ ވަރަށް ކުރާ ހިތްވާ މަސައްކަތެއްކަން އޭނާ ބުންޏެވެ.

ޑިއޭޒް އާއި ފޮކްސް އެކީގައި ފެނިގެންދާނީ ނެޓްފްލިކްސް އިން ޕްރޮޑިއުޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ "ބެކް އިން އެކްޝަން" ކިޔައި ފިލްމަކުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޑިއޭޒް ހޮލީވުޑްގައި މަޝްހޫރު ވެގެންދިޔައީ ޖިމް ކެރީއާ އެކު ކުޅުނު "ދަ މާސްކް" ފިލްމުންނެވެ. މީގެ އިތުރުން އޭނާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި " ސަމްތިން އެބައުޓް މެރީ"، "ދަ ހޮލިޑޭ"، " ގޭންގްސް އޮފް ނިއު ޔޯކް" އަދި "ޗާލީ އެންޖެލްސް" ހިމެނެއެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.