ފަރަންސޭސި ވިލާތުގެ މަންޒަރެއް

ދުނިޔެ

ފަރަންސޭސި ވިލާތުގައި އަނެއްކާވެސް ކޯވިޑް ކޭސްތައް ހަލުވި ކަމާއެކު އިތުރުވަނީ

ދާނިޝް - ޔޫރަޕް | 3 ޖުލައި 2022 , އާދީއްތަ 07:52   161

ފަރަންސޭސި ވިލާތުގެ ކޯވިޑް-19 ހަލުވި ސްޕީޑެއްގައި ފެތުރެން ފަށައި ކޭސްތަކުގެ އަދަދު މި ޖުލައި މަހުގެ ފަހުކޮޅު 124،724 އަރާނެ ކަމަށް އެ ގައުމުން އަންދާޒާ ކޮށްފިއެވެ.

ކޭސްތައް އިތުރުވުމާއި ގުޅިގެން ފަރަންސޭސި ސަރިކާރުން ދަނި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ސިއްހީ ނިޒާމަށް ބޭނުންވާ ބަދަލުތައް ގެންނަމުންނެވެ. އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރު ބްރިޖިޓް ބޯގިންޔޯން ވިދާޅުވީ، ޢާންމުން އެއްވެ އުޅޭ ތަންތަނުގައި މާސްކު އެޅުމަށް އިލްތިމާސް ކުރާ ކަމުގައެވެ. އަދި އެކަމުގައި މަރުޖޫބުރު ކަމެއް ނެތް ނަމަވެސް ބަލިވެ އުޅޭ މީހުން އެންމެންގެ ސަލާމަތައް ވިސްނުމަށް އޭނާ އިލްތިމާޒު ކުރެއްވިއެވެ.

ވިލާތުގެ ޤައުމުތަކުގައި މިހާރު ފެތުރެމުން ދަނީ ކޯވިޑް-19ގެ ވޭރިއަންޓެއް ކަމުގައިވާ އޮމިކްރޯންގެ ދެ ސަބް-ވޭރިއަންޓެއް ކަމަށް ވިލާތުގެ ޤައުމުތަކުގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެއެވެ. ސަބް-ވޭރިއަންޓުތަކުގެ ސަބަބުން ބަލި ޖެހޭ މީހުންނަށް އޮތް ނުރައްކާތެރި ކަން ކުޑަ ނަމަވެސް، މިއީ އޮމިކްރޯންއަށް ވުރެ ހަލުވިކަމާ އެކު ފެތުރެމުންދާ ވޭރިއެންޓެކެވެ. ވިލާތުގެ ޤައުމުތަކަށް ހޫނު މޫސުން ފެށިފައި ވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑްގެ ކޭސްތަކުގެ އަދަދު އިތުރުވެގެންދާނެ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ވެސް ވަނީ އިންޒާރު ކޮށްފައެވެ.

މިދިޔަ ޖޫން މަހު ފަރަންސޭސިވިލާތުގައި އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާދިން މީހުން އަދަދު ހުރީ 13، 876 ގައެވެ. އެއަދަދު 15،099 އަށް ވުރެ ގިންވެފައިވާއިރު އެ ގައުމުން ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 149،406 އަށް އަރާފައެވެ.

ޓެގްސް: ކޮވިޑް19
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.