ޗައިނާގެ ކާރުހާނާއެއް

ދުނިޔެ

ގްލޯބަލް ރިސެޝަނަކަށް ހިނގައިދާނެކަމުގެ ބިރު ބޮޑުވެއްޖެ

ދާނިޝް - ދުނިޔެ | 2 ޖުލައި 2022 , ހޮނިހިރު 18:38   217

އޭޝިއާ ބައްރުގެ ގައުމުތަކުގެ އުފެއްދުންތެރިކަން ދަށަށް ޖެހި، ޔޫރަޕާއި އެމެރިކާގެ އިޤްތިސާދީ ދުވެލި މަޑުޖެހުމާއި ގުޅިގެން ގްލޯބަލް ރިސެޝަނަކަށް ހިނގައިދާނެ ކަމުގެ ބިރު އުފެދިއްޖެއެވެ.

ކަމާބެހޭ މާހިރުން ބުނާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާއި، ހަނގުރާމަ ތަކާއި ގުޅިގެން އެކި ގައުމުތަކަށް ދިމާވެފައިވާ ދަތިކަމާއި، ބަލި މަޑުކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުންނގްލޯބަލް ރިސެޝަންގެ ބިރު މިވަނީ ބޮޑުވެފައެވެ.

ދާދި ފަހުން ހެދުނު ދިރާސާއެއް ދައްކާގޮތުން މިދިޔަ މަހު އޭޝިއާ ގައުމުތަކުން ޖަޕާނާއި ދެކުނު ކޮރެއާ އަދި ތައިވާނުގެ އުފެއްދުންތެރިކަން ވަނީ އޭގެ ކުރީ މަހާއި އަޅައި ބަލާއިރު އަނެއްކާވެސް ދަށްވެފައެވެ. ޗައިނާގެ އުފެއްދުންތެރިކަން ވަނީ ކުރިއަރާފައެވެ މިއީ ވޭތުވެދިޔަ 13 މަސްދުވަސް ދުވަހުގެ ތެރޭގައި އެ ގައުމުގެ އުފެއްދުންތެރިކަން އެދެވޭ މިންވަރަކަށް ކުރިއއރި ފުރަތަމަ ފަހަރެވެ.

ބެލެވޭ ގޮތުގައި އުފެއްދުންތެރިކަން ދަށްވާންދިމާވާ މައިގަނޑު ސަބަބަކީ ރޯ މެޓީރިއަލްސް ލިބުން ދަތިވެ ތަކެތީގެ އަގުތައް އުފުލުމެވެ. ހަމަ އެހެންމެ ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައްވެސް މީގެ ބައެއް ކުޅެއެވެ. ޗައިނާ އިން ކޯވިޑް-19 ގެ ފިޔަވަޅުތައް މިހާރު އުވައިލައިފާ ވާއިރު ތަކެތި ލިބުން ފަސޭހަވެ އުފެއްދުންތައްފަށައިގަތުމަށް އެހެން ގައުމުތަކަށް މަގުފަހިވާނެއެވެ. އެއާއެކުވެސް އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް އެމެރިކާއިންނަގާ އިންޓްރެސްޓު ރޭޓު މަތިވުމުން ގްލޯބަލް ޑިމާންޑު ދަށްވެ، ރިސެޝަނަކަށްދިއުމަކީ ދުރުގައިވާ ކަމެއް ނޫންކަމަށް މާހިރުން ދެކެއެވެ.

ޓެގްސް: އިގްތިޞޯދު އިގްތިޞާދީ ގޮންޖެހުންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.