ޗައިނާގެ ސަރަހައްދަކަށް ވާރޭ ވެެހެމުންދާ މަންޒަރެއް

ދުނިޔެ

ޗައިނާގެ ދެކުނު ސަރަޙައްދުތަކަށް ތޫފާން ޗަބާ އަރައިފި

ދާނިޝް - އޭޝިއާ | 4 ޖުލައި 2022 , ހޯމަ 07:15   260

ޗައިނާގެ ދެކުނުގެ ސަރަޙައްދުތަކަށް ޗަބާގެ ނަންދީފައިވާ ތުފާނެއް އަރާފިއެވެ. މި ތުފާނަށް ނަންދެވިފައިވަނީ ތައިލެންޑް ބަހުން ސައިމަލާއި ގުޅުވައިފައެވެ.

ތޫފާނުގެ އަސަރު މިހާތަނަށް އެންމެ ބޮޑަށް ކުރަމުން ދަނީ ޗައިނާގެ އައްސޭރިފުށުގެ ގުއަންގްޑޮންގް ޕްރޮވިންސަށެވެ. މިގޮތުން އެ ޕްރޮވިންސަށް ދަނީ ރެކޯޑް މިންވަރަކަށް ވާރޭ ވެހެމުން ކަމަށާއި، ލަފާކުރެވޭ ގޮތުގައި 600 މިލިމީޓަރުގެ ވާރޭ ވޭހޭނެ ކަމަށް ޗައިނާގެ ޤައުމީ މޫސުމީ އިދާރާއިން މައުލޫމާތު ދެއެވެ.

މި ތޫފާނާއި ގުޅިގެން ފެންބޮޑު ވުމުގެ ހާދިސާތައް ކުރިމަތި ވެދާނެ ކަމުގެ އިންޒާރާއެކު ދިމާވެދާނެ ހާލަތަކަށް ތައްޔާރުވެ ތިބުމަށް އެ އިދާރާއިން ވަނީ އިލްތިމާޒުކޮށް ފައެވެ. ހަމއެހެންމެ، ތޫފާނާއެކު ބިންގަނޑު ކަނޑައިގެން ދިޔުމާއި ކިސަޑު ފޭބުންފަދަ ހާދިސާރައް ކުރިމަތި ވެދާނެ ކަމަށް ވެސް އެ އިދަރާއިން ލަފާކުރެއެވެ. މި އިންޒާރާއި އެކު ގުއަންގްޑޮންގް އަވައްޓެރި ހައިނާން ޕްރޮވިންސް ވަނީ ތައްޔާރީ ހާލަތައް ގެނެސްފައެވެ.

ގުއަންގްޑޮންގް އަދި ހައިނާން ޕްރޮވިންސް ގެ ވައިގެ ދަތުރުތަކާއި ރޭލު ދަތުރުފަތުރުތައް ވެސް ވަނީ މޫސުން ގޯސް ވުމާއި ގުޅިގެން މެދުކަނޑާލާފައެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.