އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އޭނާގެ ލޯބިވެރިޔާ ޖޯ އަލްވިން އެންގޭޖްވެއްޖެ ކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފިއެވެ.
މީޑީއާ ރިޕޯޓުތައް ބުނާ ގޮތުން ޓެއިލާ އާއި ޖޯ އެންގޭޖް ވެފައިވަނީ ސިއްރުން ހަމައެކަނި ގާތް ރައްޓެހިންނާއި އާއިލާގެ އެގުގުމުގެ މަތިންނެވެ. އަދި އެންގޭޖް މެންޓާއި އެއްފަދައިން ދެމީހުންގެ ކައިވެނިވެސް ވެގެންދާނީ ސިއްރު ކައިވެންޏަކަށް ކަމަށް ލަފާކުރެވެއެވެ.

ޓޭލާ އާއި ޖޯ އެންގްޖޭވި ވާހަކަ މީގެކުރިންވެސް ދެކެވިފައިވާ ކަން ފާހަނގަކޮށްލެވެއެވެ. އެގޮތުން ޓޭލާގެ އާ ޝޯ ގެ ޕްރޮމޯޝަންގައި އޭނާ އާއި އެންގޭޖްތޯ ސުވާލު ކުރުމުން ޓޭލާ ބުނެފައިވަނީ އާއެކޭވެސް އަދި ނޫނެކޭވެސް ނުބުނާނެ ކަމަށެވެ. ޖޯ ވެސް ވަނީ މީޑިއާ ތަކުން ކުރާ މިފަދަ ސުވާލުތަކަށް ޖަވާބު ނުދީ ދޫކޮށްލައިފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޓެއިލާ އާއި ޖޯ އެންގޭޖް ވިތާ ދެ ތިން މަސްދުވަސް ފާއިތު ވެފައިވާއިރު މި ދެ ތަރިން 18 މަސްދުވަހުގެ ތެރޭގައި ކައިވެނި ކުރާނެއެވެ.