ދިވެހިރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތް ނަހުލާ

ހަބަރު

ރާއްޖޭގެ ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭ ގޮތް ހެދުމުގެ އެއްބަސްވުމެއް

ދާނިޝް - ދިވެހި ރާއްޖެ | 3 ޖުލައި 2022 , އާދީއްތަ 17:53   359

ދެވެހި ރާއްޖެއިން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މެލޭޝިއާގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ އެއްބަސްވުމުގައި މި އަންނަ އޯގަސްޓް މަހު ސޮއިކުރުމަށް ނިންމައިފިއެވެ.

މިކަމަށް މެލޭޝިއާ އާއި ރާއްޖެއިން މަޝްވަރާކޮށް އެއްބަސްވީ މިހާރު ކުރިއަށް ދަމުންދާ އ.ދ. ގެ ގްލޯބަލް ރޯޑް ސޭފްޓީ ލެވެލް ބައްދަލުވުމުގެ ހަވާސާގައި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ. ވީކާ ސިއޯންގްއާއި ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހްލާ ކުރެއްވި ބައްދަލުވުންނެވެ.

ޓްރާންޕޯޓް މިނިސްޓްރ އައިޝަތު ނަހުލާ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ތަމްރީންގެ ފުރުސަތުތަކާއި މައުލޫމާތު ބަދަލުކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި ދިވެހި ސަރުކާރުން ދޫކުރާ ލައިސަންސެއް ނެތް ނަމަ ވަކި ކަހަލަ އުޅަނދުތަކެއް މެލޭޝިއާގައި ދުއްވުމުގެ ހުއްދަ ލިބިގެން ދާނެއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 1 ވަނަ ދުވަހުގައެވެ.

ޓެގްސް: މެލޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.