ޖަޕާނުގެ އިޗިޖޯ ކޯމެތެން އިން އުފެއްދި ފްލޯޓިން ގެ

ޓެކްނޯލޮޖީ

ޖަޕާނުން "ފްލޯޓިން" ގެއެއް ހަދައިފި

ދާނިޝް - އޭޝިއާ | 4 ޖުލައި 2022 , ހޯމަ 11:13   277

ޖަޕާނުގެ އިޗިޖޯ ކޯމެތެން ކުންފުނިން އެއްގަމުގައި ފެނަބޮޑުވުމުން ފެނުގެ މައްޗަށް އަރައި ނޫނީ "ފްލޯޓް" ވާ ގެއެއް ހަދައި ޓެސްޓް ކޮށްފިއެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަގޮތުގައި، "ފްލަޑް ފްލޯޓިން ހައުސް" ގެ ނަން ދީފައިވާ މި ގެ، ފެންބޮޑުވިޔަސް، އެ ގެއަށް ފެން ނުވަދެއެވެ. އެއީ އެ ގެ ފަރުމާ ކޮށްފައިވާ ޑިޒައިނުގެ ސަބަބުންނެވެ. ފެންބޮޑުވާވަރަކަށް އެ ގއ އަރަނީ ފެނުގެ މައްޗަށެވެ. އިޗިޖޯ ކޯމެތެން އިން ހާމަކުރި ގޮތުގައި މި ގެ ޑިޒައިނުކުރުމުގައި މާ ބޮޑު ތަފާތެއް ނެތެވެ. ނަމަވެސް މި ގެ ހެދުމުގައި އަޔަން ރޮޑް ބޭނުންކޮށްފައިވާ ކަން އެ ކުންފުނިން ހާމަކުރިއެވެ. އަދި ބިމުގައި އެ ގެ ބަހައްޓާފަިވަނީ ބޮޑެތި ފަލަ ކޭބަލްތަކެއް ގުޅައިގެން ކަމަށާއި، ފެންބޮޑުވާ ވަރަކަށް އެ ކޭބަލްތައް އޭގެ ޒާތުގައި ދޫވެ މައްޗަށް އަރާނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ޖަޕާނުގެ ޓީވީއަކަށް އެ ކުންފުނިން ދިން އިންޓަވިއުއެއްގައި ބުނީ އެއީ ހަމަ އާދައިގެ ގެތަށް ހުންނަ ގޮތަށް ފަރުމާކޮށްފައިވާ ގެއެއް ކަމަށާއި އެކަމަކު އެ ގެގޭ ވަށައިގެން ފެންބޮޑުވެއްޖެ ނަމަ، އެ ގެ ފެނުން މައްޗަށް އަރާނެ ކަމަށެވެ. އަދި މިގޭގެ ކަރަންޓް ބޭނުންކުރާ އާލަތްތައް ހަރުކުރެވިފައިވަނީ ވީހާވެސް މަތީގައެވެ. ހަމައެހެންމެ ފެންބޮޑުވުމުން 5 މީޓަރު މައްޗަށް އުފުލުމުގެ ގާބިލުކަން މު ގޭގައި ވެއެވެ.

މުޅި ދުނިޔޭގެ ސަމާލުކަން މި ގެއަށް ލިބިފައިވާއިރު މިގޭގެ ބޭނުންތެރިކަން ބޮޑު ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ޓެގްސް: ޖަޕާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.