ފިނޭންސް މިނިސްޓަރ ވޯލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ހަބަރު

އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް ސްކީމެއް ތަޢާރަފްކުރަނީ

ދާނިޝް - ދިވެހި ރާއްޖެ | 6 ޖުލައި 2022 , ބުދަ 09:17   307

އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް ސްކީމެއް ތައާރަފް ކުރުމަށް ދިވެހި ސަރުކާރުން ވޯލްޑް ބޭންކާއެކު ސޮއިކޮށްފިއެވެ.

ވޯލްޑް ބޭންކާއި ގުޅިގެން ކުރިއަށް ގެންދާ މި ސްކީމްގެ ދަށުން ވަޒީފާ ނެތް ފަރާތްތަކަށް އެހީވުމުގެ ގޮތުން އަންއެމްޕްލޯއިމަންޓް ބެނެފިޓް ސްކީމެއް ތަޢާރަފުކުރުމަށާއި، "އެކްޓިވް ލޭބަރ މާރކެޓް ސާރވިސަސްގެ ޚިދުމަތް ތަޢާރަފުކޮށް ފުޅާކުރުމަށް "ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓަޑް ލޭބަރ ސާރވިސަސް" ނުވަތަ "ސެއިލްސް ޕްރޮޖެކްޓް" ހިންގުމަށް ވޯލްޑް ބޭންކާއެކު މިއަދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސް ވުމުގައި ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުން ރާއްޖެއަށް ޙާއްސަކޮށްފައިވާ ކަންޓްރީ ޑިރެކްޓަރ ފާރީސް ހަދާދް-ރާރވޮސް އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.

ސެއިލްސް ޕްރޮޖެކްޓުގެ ދަށުން ގާއިމުކުރާ އަންއެމްޕްލޯއިމެންޓް ބެނެފިޓް ސްކީމްގެ އެއް ވިއުގައަކުން "އެމްޕްލޯއިމަންޓް ސާރވިސަސް"ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ވޯލްޑް ބޭންކުގެ ފަރާތުން ފޯރުކޮށްދޭނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ޖޮބް ސެންޓަރ ގެ ހިދުމަތް ފުޅައުކޮށް އެކި ކަންކޮޅުތަކުގައި ޖޮބް ސެންޓަރުތައް ގާއިމުކުރެވި، އެ ސެންޓަރުގެ ތަކުގެ ތެރެއިން ވަޒީފާއަށް ބޭނުންވާ ހުނަރާއި ތަމްރީނުގެ ފުރުސަތުތައް ހުޅުވާލެވި، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނެފިޓް ސްކީމަށް ހުށަހަޅާ ފަރާތްތަކުން އަނބުރާ ވަޒީފާގެ މައިދާނަށް ނެރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެއެވެ.

މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް މީހާރު ފެށިފައިވާ ކަމަށާއި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެން 2027ގެ ނިޔަލަށް ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޓެގްސް: ސަރުކާރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.