ޔޫކްރެއިން ރިކަވަރީ ކޮންފަރެންސްގެ ތެރެއިން

ދުނިޔެ

ޔޫކްރެއިން ރިކަވަރީ ކޮންފަރެންސްގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ފަށައިފި

ދާނިޝް - ޔޫރަޕް | 7 ޖުލައި 2022 , ބުރާސްފަތި 07:36   168

ޔޫކްރެއިން ރިކަވަރީ ކޮންފަރެންސްގެ (ޔޫ.އާރް.ސީ.2022) ނަމުގައި ސްވިޓްޒަލެންޑުގެ ލުގާނޯގައި މަޝްވަރާ ބައްދަލުވުމެއް ފަށައިފިއެވެ.

ހަނގުރާމައާއި ގުޅިގެން ޔޫކްރެއިނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް އެހީތެރިވުމަށް ފައިސާ ހޯދުމުގެ މަޤްސަދުގައި ބާއްވާ މި ބައްދަލު ވުމުގައި ޔޫކްރެއިނުގެ އިސް އޮފިޝަލުންގެ އިތުރުން ގިނަ އެހެނިހެން ޤައުމުތަކެއްގެ އިސްވެރިންނާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ވަނީ ބައްވެރިވެފައެވެ.

މި ބައްދަލުވުވުމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަރިހުގައި، ރަޝިއާއިން ހަމަލައިދީ ސުންނާފަތި ކޮށްފައިވާ ޔޫކްރެއިންގެ ވެރި ރަށް ކީވާއާއި އާއި ވަށައިގެންވާ އެހެނިހެން ސަރަހައްދުތައްވެސް މަރާމާތުކޮށް އާރާސްތު ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ.އިނގިރޭސި ވިލާތުގެ ޚާރިޖީ ވަޒީރު ލިޒް ޓްރަސް މި ބައްދަލުވުމުގައި ވަނީ މި ބައްދަލުވުމަކީ އިސްތިއުމާރީ ވެރިކަމާ ދެކޮޅަށް ބޭއްވޭ ސަމިޓެއް ކަމުގައި ސިފަކުރައްވާފައެވެ. ހަމައެހެންމެ ޔޫކްރެއިން އާރާސްތު ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމު އޮތީ ތައްޔާރަށް ކަން ވަނީ ހާމަކޮށްފައެވެ. މީހާރުވެސް އެ ގައުމުން އަންނަނީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އެހީދޭ ޖަމުޢިއްޔާތަކާއި ގުޅިގެން ޔޫކްރެއިންގެ ސަރުކާރަށް 1.5 ބިލިޔަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޓެގްސް: ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.