ކްރިސްޓިއާނޯ ރޮނާލްޑޯ

ކުޅިވަރު

ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ތައްޔާރަށް

ދާނިޝް - ޔޫރަޕް | 4 ޖުލައި 2022 , ހޯމަ 22:49   245

މެންޗެސްޓާ ނުޔައިޓެޑްއަށް ކުޅެމުން އަންނަ މަޝްހުރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ކްލަބް ދޫކޮށްލަން ތައްޔާރު ކަން ހާމަކޮށްފިއެވެ.

އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ ވަނީ ރަނގަޅު އޮފާއެއް ލިބިއްޖެނަމަ ކްލަބް ދޫކުރުމުގެ ފުރުސަތު އޭނާއަށް ދިނުމަށް އެދިފައެވެ. ރޮނާލްޑޯ ޔުނައިޓެޑް އަށް ކުޅެންފެށީ މިދިޔަ ސީޒަނުގައެވެ. އަދި މިދިޔަ ސީޒަން ވެގެންދިޔައީ އެ ކްލަބަށާއި ރޮނާލްޑޯއަށް ވެސް އެހާ ކާމިޔާބު ސީޒަނަކަށް ނޫނެވެ. އެގޮތުން މިދިޔަ ސީޒަން ޔުނައިޓެޑް ނިންމާލީ ތާވަލުގެ ހަވަނައިގއި އޮވެގެންނެވެ. މިއާއެކު އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު އެ ކުލަބަށް ވަނީ ގެއްލިފައެވެ.

ރޮނާލްޑޯ ޔުނައިޓެޑުގައި މިއަންނަ ސީޒަން ހޭދަކުރާނަމަ، އޭނާއަށް ޔޫރޮޕާ ލީގުގައި ކުޅެން ޖެހޭނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން މިއީ ރޮނާލްޑޯ އޭނާގެ އުމުރު ހުރިގޮތުން ކުޅުން ހުއްޓާލާ ދުވަސް ގާތްވަމުން އަންނާތީ، އެހާ ގަޔާވާ ގޮތެއް ނޫނެވެ. ރޮނާލްޑޯ މިފަހުން މީޑިއާ ތަކަށް އިންޓަވިއުއެއްގައި ވަނީ ކެރިއަރުގެ މިހާހިސާބުގައި ބޭނުންވަނީ އެންމެ މަތީ ފެންވަރުގައި ކުޅެން ކަމަށް ބުނެފައެވެ.

ޓެގްސް: ދިވެހި ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.