ޗިކާގޯގައި ބޭއްވުނު މިނިވަން ދުވަހުގެ ޕެރޭޑުގެ ތެރެއިން

ދުނިޔެ

އެމެރިކާގާއި ދިން ބަޑީގެ ހަމަލާތަކެއްގައި 6 މީހަކު މަރުވެއްޖެ

ދާނިޝް - އެމެރިކާ | 6 ޖުލައި 2022 , ބުދަ 14:17   180

އެމެރިކާގެ މިނިވަން ދުވަސް ފާހަނގަކުރުމުގެ ގޮތުން ބޭއްވި އިޙުތިފާލުތަކުގެ ތެރެއިން ދިން ބަޑީގެ ހަމަލާތަކެއްގައި 6 މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ޗިކާގޯގެ ރަށެއް ކަމުގައިވާ ހައިލެންޑްޕާކުގެ މަގެއްގައި ކުރިއަށް ގެންދިޔަ ޕެރޭޑެއްގެ ތެރެއިންނެވެ. ހަމަލާ ދީފައިވަނީ ފުރާޅެއްގެ މަތީގައި ހުރި މީހެކެވެ. މި ހާދިސާގައި 36 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބި 26 މީހެއްގެ ގަޔަށް ވަޒަންއަރައި އަންނަނީ ފަރުވާ ދެމުންނެވެ. މީގެ ތެރޭގައު ކުޑަކުދިންވެސް ހިމެނެއެވެ.

މި ހަމަލާ ދިން ކަމަށް ޝައްކު ކުރެވި ހައްޔަރު ކޮށްފައިވަނީ ހަމަލާ އަށް ފަހު ކާރެއްގައި ފިލަން މަސައްކަތަ ކުރަމުން ދިޔަ 22 އަހަރުގެ ރޮބަރޓް އީ ކްރީމޯ ނަމަކަށް ކިޔާ ފިރިހެނެކެވެ. މަންޒަރު ދުށް މީހުން މައުލޫމާތު ދޭ ގޮތުގައި ބަޑި ޖެހި މީހާ ވަނީ 200 ވަރަކަށް ފަހަރު ބަޑިޖަހައިފައި ވެއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މިހާދިސާ އާއި ގުޅިގެން ހިތާމަ ފާޅު ކުރައްވާފައެވެ. އޭނާ ދިން ބަޔާނެއްގައި ބުނެފައި ވަނީ މި ހާދިސާ ވެގެންދިޔައީ އެމެރިކާގެ މިނިވަން ދުވަހުގެ އުފާވެރި އިޙުތިފާލުތަކަށް އަނދިރި ކަން ގެނުވި ހާދިސާއެއް ކަމަށެވެ. އަދި، ޢާންމުންގެ މީހުންނަށް ބަޑި ގެންގުޅުމަށް އެ ޤައުމުގެ ޤާނޫނުން ދޭ ހައްޤު ހަނިކުރުމަށް އޭނާގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ކަން ފާހަގަކޮށް އެ މަސައްކަތް ނުހުއްޓާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައެވެ.

ނިއުޔޯކުގެ ފިހާރައެއްގެ ތެރޭގައި މޭ މަހުގެ 14 ވަނަ ދުވަހު ދިން ބަޑީގެ ހަމަލާއެއްގައި 10 މީހުން މަރުވެފައިވެއެވެ. ހަމައެހެންމެ މޭ މަހުގެ 24 ވަނަ ދުވަހު ޓެކްސަސްގެ އުވާލްޑީގައިވެސް ދެވުނު މި ފަދަ ހަމަލާއެއްގައި ސްކޫލެއްގެ 19 ދަރިވަރުންނާއި ދެ މުދައްރިސުން ވަނީ މަރުވެފައެވެ.

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.