2017 ވަނަ އަހަރުގެ އެފްރިކަން ކަޕްގެ ޗެމަޕިއަން ސެނެގަލް

ކުޅިވަރު

އެފްރިކަން ކަޕް 2024 އަހަރުގެ ޖެނުއަރީ މަހަށް ފަސްވެއްޖެ

ދާނިޝް - އެފްރުކާ | 5 ޖުލައި 2022 , އަންގާރަ 12:12   245

މިއަންނަ އަހަރުގެ ޖޫން ފެށުމަށް ތާވަލު ކޮށްފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވުމަށް ނިންމައިފިއެވެ.

މުބާރާތް ފަސްކުރިކަން އިއުލާނު ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް އިން ބޭއްވި ބައްދަލު ވިމެއްގައި އެ ފެޑެރޭޝަންގެ ރައީސް ޕެޓްރިސް މޮޓްސެޕޭއެވެ. އޭނާ ބުނެފައިވަނީ މުބާރާތް ފަސްކުރަން ނިންމައިފާ މިވަނީ ޖޫން/ޖުލައި މަހަކީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ އައިވަރީ ކޯސްޓަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީއެވެ. އަދި މޫސުން ގީސްވުމާއި ގުޅިގެން މުބާރާތް ކުރިއަށް ގެންދަން ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހޭނެކަމުގައެވެ. ހަމައެހެންމެ ޖެނުއަރީ މަހަކީވެސް މުބާރާތް ބޭއްވުމަށް ފަސޭހަ ދުވަސްވަރެއް ނޫންކަން ފާހަގަކުރަމުން އޭނާ ބުނީ ޔޫރަޕް ކްލަބްތަކަށް އެދުވަސްވަރު ކުޅުންތެރިން ދޫކުރުމަށް ދަތިތަކަކާއި ކުރިމަތި ވާނެކަމަށެވެ.

އެހެންކަމުން 2024 ވަނަ އަހަރު ޔޫރަޕްގެ ކްލަބްތަކަށް ކުޅުންތެރިން ވީއްލުމުގައި އެފްރިކަން ފުޓުބޯޅަ ފެޑެރޭޝަނަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. މި މައްސަލައާއި ގުޅިގެން 2017 ވަނަ އަހަރު އެފްރިކަން ފެޑެރޭޝަނުން ވަނީ ޔޫރަޕްގެ ފުޓްބޯޅަ ސީޒަނުގެ މެދުތެރޭގައި މުބާރާތް ބާއްވަން ޖެހޭތީ ޖޫން/ޖުލައި ގައި މުބާރާތް ބޭއްވުމަށް ނިންމާފައެވެ. އެފްރިކަން ފުޓްބޯޅަ ފެޑެރޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ވެރޯން މޮސެންގޯ-އޮމްބާ ވިދާޅުވީ 2024 ވަނަ އަހަރުގެ މުބާރާތް ޖެނުއަރީ މަހަށް ތާވަލު ކުރިއަސް ދާއިމީ ގޮތެއްގައި މުބާރާތް އެ ދުވަސްވަރު ބާއްވަން ހިޔާލު ނުކުރާ ކަމަށެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.