ލީބިޔާއިން މެރުމަށްފަހު ވަޅުލެވިފައިވާ މީހުން ފެނުނު ތަހްރޫނާ ކައިރީގެ ސަރަހައްދު

ހަބަރު

ލީބިޔާގެ ތަހްރޫނާއިން މީހުން މެރުމަށްފަހު ވަޅުލައިފާވާ ފަޅުތަކެއް ފެނިއްޖެ

ދާނިޝް - އައްޑޫ އަތޮޅު | 5 ޖުލައި 2022 , އަންގާރަ 23:11   272

އެތައް ސަތޭކަ ބަޔަކު މަރައިލުމަށްފަހު ވަޅުލާފައިވާ ބޮޑެތި ވަޅުތަކެއް ލީބޔާގެ ތަހްރޫނާ ކައިރިން، އ.ދ. ގެ އިންސާނާ ހައްޤުތަކާބެހޭ އިދާރާއިން ކުރަމުން ދިޔަ ތަހްގީގެއްގެ ތެރެއިން ފެނިއްޖެއެވެ.

ލީބިޔާގެ ހުޅަނގުގައިވާ ރަށެއް ކަމުގައިވާ ތަރްހޫނާ ކައިރިން މި ފަދަ ސަތޭކައަށްވުރެ ގިނަ އިތުރު ވަޅުތައް ފެނުމުގެ ފުރުޞަތު އޮތް ކަމަށް އ.ދގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ބުނެއެވެ. އަދި އެ ތަންތަން ހޯދުމަށް ތުރާބުލުސްގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. ތަރްހޫނާއިން ފެނުނު ވަޅުތަކުން މިހާތަނަށް 247 މީހެއްގެ ހަށިގަނޑު ފެނިފައިވެއެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ޙާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނެއެވެ. އެ ހަށިތައް ތަހުލީލު ކުރުމުން، އެ މީހުން މަރައިލުމުގެ ކުރިން އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދީފައިވާ ކަން ސާބިތުވާ ކަމަށް އ.ދ އިން ނެރުނު ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. މީގެ ތެރެއިން ގިނަ ހަށިތައް ހުރީ ކަނުބަނދެ، ދެ އަތް ފުރަގަހަށް ބަނދެފައި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ސަރަހައްދުން ފެނުން އެންމެން މަރައިލެވިފައިވަނީ 2016 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދުގައި ކަމަށް ބެލެވެއެވެ. އަދި މިއީ، ލީބިޔާގައި ހަރަކާތްތެރިވާ ކާނިޔާތުގެ ނަން ދީފައިވާ ހަތިޔާރު އެޅި ޖަމާޢަތަކުން ހިންގާފައިވާ އަމަލުތަކެއް ކަމަށް ލަފާ ކުރެވޭ ކަމަށް އ.ދ. ގެ ރިޕޯޓް ބުނެއެވެ. އެ ޖަމާއަތަކީ އެއް ޢާއިލާއެއްގެ ހަތްބެއިން ގުޅިގެން ހިންގާ ޖަމާޢަތެއް ކަމަށް މީގެ ކުރިންވެސް އެ ގަމިއްޔާއިން ވަނީ ލަފާކޮށްފައެވެ. މި ހޯދުންތަކާ ގުޅޭ ގޮތުން ލީބިޔާގެ ސަރުކާރުން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.