ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ މަންޒަރު

ހަބަރު

މިއަހަރު ގެފުޅުގެ އުރަކޮޅު ބަދަލުނުކުރާ ގޮތަށް ނިންމައިފި

ދާނިޝް - ދުނިޔެ | 6 ޖުލައި 2022 , ބުދަ 08:16   276

ޙައްޖުގެ އަޅުކަމާއި ދިމާކޮށް ކޮންމެ އަހަރަކުވެސް ބަދަލުކުރަމުން އަންނަ ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ، މިއަހަރު ބަދަލު ނުކުރުމަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ.

ގެފުޅުގެ ކިސްވާ ޒަމާނުއްސުރެ ބަދަލުކުރަނީ ކޮންމެ އަހަރެއްގެވެސް ހައްޖުމަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް ސައުދީ ސަރުކާރުން މިފަހަރު ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށް ނިންމާފައިވަނީ އަންނަ ހައްޖުމަހާއި ޖެހިގެން އަންނަ މުހައްރަމްމަހުގެ 1 ވަނަ ދުވަހުގައެވެ. މި ނިންމުމުގެ ސަބަބެއް ސައުދީ އިން އަދި ހާމައެއް ނުކުރެއެވެ.

ކޮންމެ އަހަރެއްގެ ހައްޖާއި ދިމާކޮށް ގެފުޅުގެ އުރަކޮޅު ކިސްވާއަށް ވެސް ބައެއް ބަދަލުތައް ގެނެއެވެ. މިގޮތުން ކިސްވާ ތިރިން ފެށިގެން ވަކިވަރަކަށް ވުރެ މައްޗަށް ހިއްލައެވެ. އަދި ކިސްވާގެ ތިރީ ކައިރީގައި ޙައްޖުވެރިންގެ އިހްރާމް ސިފަވާގޮތަށް ހުދު ފޮތި ގަނޑެއް ހަރުކުރެއެވެ. ކިސްވާ ފަހާފައި އޮންނަނީ އެންމެ މޮޅު ސިލްކުންނެވެ. އަދި ކިސްވާގެ މެދަށްވާ ގޮތަށް ގެފުޅު ވަށާ ލިޔެފައިވާ ޤުރުއާނުގެ އަޔާތްތައް ވިޔެފައި ހުންނަނީ ރަނާއި ރިހީގެ ރޮދިންނެވެ.

ޒުލްޤައިދާ މަހުގެ 15ވަނަދުވަހު ގެފުޅުގެ އުރަކޮޅު ކިސްވާ ބިމުން ފެށިގެން ތިން މީޓަރު މައްޗަށް އާންމުގޮތެއްގައި ކޮންމެ އަހަރަކުވެސް ހިއްލައެވެ. ނަމަވެސް ކޯވިޑްއާ ގުޅިގެން 2020 ވަނަ އަހަރުގައި ކިސްވާ މައްޗަށް ހިއްލާލީ ޙައްޖު މަހުގެ އެއްވަނަދުވަހުއެވެ. މިއަހަރުވެސް ހައްޖުމަހުގެ ފުރަތަމަ ދުވަހު މުޅި ހަރަމްފުޅު އޮތީ ހުސްކޮށް ކަމަށް މީޑިއާ ތަކުން ބުނެއެވެ.

ޓެގްސް: އިސްލާމްދީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.