ސިންގަޕޫރުގެ މަންޒަރެއް

ވިޔަފާރި

ސިންގަޕޫރުގެ މުދަލާއި ޙިދުމަތުން ނަގާ ޓެކްސް އަދި ޖީއެސްޓީ ބޮޑޮކޮށްފި

ދާނިޝް - އޭޝިއާ | 8 ޖުލައި 2022 , ހުކުރު 21:28   290

އޭޝިއާގެ އެންމެ ކުރިއަރައިފައިވާ އެއް ޤައުމު ކަމަށްވާ ސިންގަޕޫރުން އެ ޤައުމުގެ މުދަލާއި ޙިދުމަތްތަކުން ނަގަމުންދާ ޓެކްސް އަދި ޖީއެސްޓީ ގެ އިންސައްތަ ބޮޑޮކޮށްފިއެވެ.

މި ނިންމުމާއި އެކު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ނަގާ ޕަސެންޓް 7 އިންސައްތައިން 8 އިންސައްތައަށް އުފުލިގެން ދާނެއެވެ. އަދި 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ އިންސައްތަ 9 އިންސައްތައަށް އުފުލޭނެއެވެ.

މިދިޔަ ހޯމަދުވަހު ބޭއްވި ސިންގަޕޫރުގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި އެޤައުމުގެ ފިނޭންސް މިނިސްޓަރ ލޯރެންސް ވޮންގް ވިދާޅުވީ ޖީއެސްޓީއަށް ގެންނަ ބަދަލާއެކު އިޤްތިސާދަށް ބަދަލު ތަކެއް އަންނާނެ ކަމަށާއި އެބަދަލުތަކަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ. އަދި ޖީއެސްޓީއަށް ގެންނަ ބަދަލަށް އަމަލުކުރުން ފަސްކުރުމުގެ ވިސްނުމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިގޮތުން ޖީއެސްޓީއަށް ގެންނަ ބަދަލާއެކު ގައުމުގެ އިޤްތިސާދަށް އޭގެއިން ކުރާނެ އަސަރު ކުޑަ ކުރުމަށް ސިންގަޕޫރުގެ ސަރުކާރުން ވަނީ އާމްދަނީ މަދުން ލިބޭ ޢާއިލާތަކަށާއި، ރިޓަޔަރ ކޮށްފައިވާ ފަރާތްތަކަށް، ދައުލަތުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ.

ސިންގަޕޫރުން ވަނީ ޖީއެސްޓީގެ އިތުރުން ބައެއް އެހެނިހެން ޓެކްސްތައްނަގާ ރޭޓަށްވެސް ބަދަލުތަކެއް ގެނައުމަށް ނިންމައިފައެވެ. މީގެތެރޭގައި ޕަރސަނަލް އިންކަމް ޓެކްސް އާއި، ޕްރޮޕަޓީ ޓެކްސް އާއި ވެހިކަލް ޓެކްސްގެ މިންވަރު އިތުރުކުރުމަށް ނިންމައިފާ ވެއެވެ. އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިއީ ކޯވިޑް-19 ގެ ސަބަބުން އެޤައުމުގެ އިގްތިސާދަށް ކޮށްފައިވާ އަސަރުން އަރައިގަނެ، މުޖުތަމައު އާރަސްތުކުރުމާއި، ޤާބިލު ޖީލެއް ބިނާކުރުމުގެ ގޮތުން ބޭނުންވާ އާމްދަނީ އިތުރުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމި ނިންމުމެކެވެ.

ޓެގްސް: ސިންގަޕޯރ ޓެކްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.