ދެކުނު ކޮރެއާނެ މަޝްހޫރު މިއުޒިކް ގްރޫޕް-ބެލެކްޕިންކް

މުނިފޫހިފިލުވުން

ބްލެކްޕިންކްގެ ފޭނުންނަށް އުފާވެރި ހަބަރެއް

ދާނިޝް - އޭޝިއާ | 8 ޖުލައި 2022 , ހުކުރު 08:26   291

ދެކުނު ކޮރެއާގެ މަޝްހޫރު ކޭޕޮޕް އަންހެން މިއުޒިކް ގްރޫޕް "ބްލެކްޕިންކް" އާ ލަވަތަކާ އެކު އަންނަ މަހު އެނބުރި އައުމަށް ތައްޔާރުވާން ފަށައިފިކަން ހާމަކޮށްފިއެވެ.

މިކަން އިއުލާނު ކޮށްފައިވަނީ އެ ގްރޫޕުގެ ރެކޯޑް ލޭބަލް ވައިޖީ އެންޓަޓެއިންމެންޓުންނެވެ. މި އިއުލާނުގައި އެ ގްރޫޕުން ނެރެން އުޅެނީ ލަވައެއް ކަމެއް ނޫނީ އަލްބަމެއް ކަމެއްވެސް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް އެ ގްރޫޕުގެ ޓުއާއެއް މި އަހަރު ފަހުކޮޅު އޮންނާނެކަން ވަނީ ހާމަކޮށްފައެވެ. އަދި އެ ޓުއާ ވެގެންދާނީ ބްލެކްޕިންކްގެ އެންމެ ބޮޑު ޓުއާކަމަށް ވަނީ ބުނެފައެވެ.

މިއީ 2020 ވަނަ އަހަރަށް ފަހު އެ ގްރޫޕުގެ 4 މެންބަރުން އެއްކޮށް ހިމެނޭހެން އައު އަލްބްމެއް ނެރޭ ފުރަތަމަ ފަހަރެވެ.

ޓެގްސް: މިއުޒިކް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.