ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު، އީލާން މަސްކް

ޓެކްނޯލޮޖީ

ޓްވިޓާ އިން ދުވާލަކު 1 މިލިއަން ފޭކް އެކައުންޓް ބްލޮކް ކުރޭ، މަސްކް ޑީލް ކެންސަލްކޮށްފި

އަލީ އަޒްޔަން - އެމެރިކާ | 10 ޖުލައި 2022 , އާދީއްތަ 19:36   441

ސޯޝަލް ނެޓްވޯކް ޓްވިޓާ އިން ފުރަތަމަ ފަހަރަށް ފޭކް އެކައުންޓް މައްސަލައިގައި މަޢްލޫމާތުތަކެއް ޢާއްމުކޮށްްފިއެވެ.

ދުނިޔޭގެ އެއްމެ މުއްސަނދި މަހުޖަނު، އީލާން މަސްކު ވަނީ ތަފާތު އެކިފަހަރުމަތިން، ޓުވިޓާގައި ގިނަ އަދަދަކަށް ފޭކް އެކައުންޓާއި އަމިއްލައަށް އޮޕަރޭޓްކުރާ ބޮޓްތައް ގިނަކަމަބުނެ އެކަމާއި ދެކޮޅަށް މަސައްކަތްކުރައްވާނެކަމަށް ބުނެފައެވެ. އަދި ދާދި ފަހުން 1 ބިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ޓްރިޓާގެ ޙިއްސާގެ ބޮޑުބައެއް ގަތުމަށް ވެސް އައީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް މިހާރު ޓްވިޓާއިން ޢާއްމުކުރި މަޢްލޫމާތުތަކާއި އެކު މަސްކު ބުނެފައިވަނީ ދެން އިތުރު ޓްވިޓާގެ ހިއްސާގަތުމުގެ މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

ޓްވިޓާއިން ޢާއްމުކޮށްފައިވާ މަޢްލޫމާތުތަކުގައިވާގޮތުން، ދުވާލަކު އެއްމިލިއަނަށްވުރެ ގިނަ ފޭކް ނުވަތަ ބޮޓް އެކައުންޓްތައް ޓްވިޓާއިން ބޭރުކުރެއެވެ.

މިކަމާއި ގުޅިގެން އެންމެ ފަހުން މަސްކް ބުނެފައިވަނީ، ޓްވިޓާއިން ހަގީގަތް ހާމަނުކުރާކަމަށާއި، މައްލޫމާތު ފޮރުވަން މަސައްކަތް ކުރާކަމަށެވެ.

މަސްކްގެ މިނިންމުމާއި ގުޅިގެން ޓުވިޓާއިން ބުނެފައިވަނީ، ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން، ހިއްސާގެ ބާޒާރުގައި ޓްވިޓާގެ ހިއްސާގެ އަދު ވަރަށްބޮޑަށް ވަނީ ވެއްޓިފަައެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.